ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ސެމީފައިނަލަށް

އައްޑުއަތޮޅު ހުޅުމީދޫގައި  މިހާރު ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގައި  ރޭ އެފްސީ ލަކީއާއި ޔުނައިޓެޑް ބްރަދާސް ބައްދަލުކުރިމެޗް ބޮޑުތަފާތަކުން ޔުނައިޓެޑް ބްރަދާސް ކާމިޔާބު ކޮށް ސެމީފަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅެވުނު ކުޅުނު މިމެޗް 9  ލަނޑު 2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބްރަދާސް މޮޅުވެފައިވާއިރު  މިމުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗްވެސް ކާމިޔާބުކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިމެޗުން މޮޅުވުމުން މިމުބާރާތުގައި އެޓީމު ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓް ހޯދައިގެން އެޓީމްވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.  މިމެޗުން ދެރަވި އެފްސީ ލަކީ މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗުންވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން އެފްސީ ލަކީއަށް މިމުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ އެއްވެސް ފުރުސަތެއްނެތެވެ.

ރޭގެ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންރެތިއަކަށް ހޮވުނު ޔުނައިޓެޑް ބްރަދާސްގެ ލިރުއާމަށް ސިޓީ ކައުންސިލުން ހުށަހަޅާފައިވާ އިނާމު ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްމާނާ ނައިމާ އަހުމަދެވެ.

މިމުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗް ކާމިޔާބުކޮށް ބްރަދާސް ޔުނައިޓްވެސްވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

ހުޅުދޫއާއި މީދޫގެ މަޝްހޫރު ކުޅުންތެރީން ހިމެނޭ ބްރަދާސް ޔުނައިޓެޑް މިމެޗް ކާމިޔާބުކުރީ ޒުވާން ކުޅުންތެރީން ހިމެނޭ އެފްސީ އަހުންނާއި ބައްދަލުކޮށް 9 ލަނޑު 0 ލަނޑުންނެވެ.

ބްރަދާސް ޔުނައިޓެޑް މިމެޗުން މޮޅުވުމުން އެޓީމު ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕް އޭއިން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވޭޓީމެއް ކަނޑައެޅޭނީ ބްރަދާސް ޔުނައިޓެޑްއާއި ޔުނައިޓެޑް ބްރަދާސް ބައްދަލުކުރާ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މިމެޗްގެ ކުޅުން އޮންނާނީ މާދަމާރޭގައެވެ.

ރޭ ކުޅެވުނު މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ބްރަދާސް ޔުނައިޓެޑްގެ ސަމީނަށް ސިޓީ ކައުންސިލުން ހުށަހަޅާފައިވާ އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނު އިބްރާހިމް ޝަރީފެވެ.

މިމުބާރާތުގައި މިރޭވެސް ދެމެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިރޭ 8:30 ގައި ކުޅެވޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެފްސީ ގައުމާއި ޑީ ފުޓްސަލްކްލަބެވެ. މިރޭ 9:30 ގައި ކުޅެވޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ އެފްސީ ލަކީއާއި އެފްސީ އަޚުންނެވެ.

ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދާ  މިމުބާރާތުގައި 7 ޓީމް ބައިވެރިވެފައިވާއިރު މި 7 ޓީމްވަނީ ދެގްރޫޕަކަށް ބަހާލެވިފައެވެ. މިގޮތުން ގްރޫޕްއޭގައި ހިމެނެނީ ، އެފްސީއަޚުން ، ޔުނައިޓެޑް ބްރަދާސް ، ބްރަދާސްޔުނައިޓެޑް އަދި އެފްސީ ލަކީއެވެ. ބިގްރޫޕްގައި ހިމެނެނީ ޑީއެފް ކްލަބް ، ޝަންގްރިއްލާ އަދި އެފްސީ ގައުމެވެ.

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަންއެވެ. މިއީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: ޔުނައިޓެޑް ބޯއިސް ...

މީދޫ ޔޫތު ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށަނީ

މީދޫ ގެ ޒުވާނުން އިސްނަގައިގެން މީދޫ ޔޫތްޗެލެންޖް 2020  ގެ  ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް މާދަމާ ( ...

ބަދަހިކަޕް : ޕޮލިސްޓީމާ ވާދަކުރެވޭވަރުގެ ޓީމެއްނެތްކަން އެޓީމުން ދައްކައިފި

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅުނު ފަހުމެޗްގައި ޓީމް އެކޭ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހު މިމުބާރާތުގައި ...