ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަމުންދާ މަޝްރޫޢުތައް ރަނގަޅަށް ކުރިއަށްދާކަމަށް އެ ޤައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ސުބްރަމާންޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އިޤްތިޞާދީ ކުރިމަގާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ސީއައިއައި އެނުއަލް ބިޒްނަސް ސަމިޓްގައި ވާހަކަދައްކަވަމުން، އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކަށް ސިޔާސީގޮތުން ކުދި ގޮންޖެހުންތަކެއް ދިމާވިކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ކުރިއަށްދަނީ ރަނގަޅަށްކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު ކުރިއަށްވުރެ ރަނގަޅަށް ބިނާކުރަނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށްދާ ކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި، ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޔަޝަންކަރާ ބައްދަލުކުރައްވައި އިންޑިއާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިންޑިއާގެ އެހީގައި ހިންގާ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާތީ އެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމާ، އޭގެ ފައިދާ ރައްޔިތުންނަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ

އިންޑިޔާ ސަރުކާރާއެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު، އިންޑިއާ ސަރުކާރުން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ. އެގޮތުން، މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް އެ ޤައުމުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒެފިޔާ ބަލިކޮށް މައިލޯސިޓީ  ފައިނަލަށް

ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ޒެފިޔާގެ މައްޗަށް ކުރިހޯދައި މައިލޯސިޓީ ...

މީދުން ކޮވިޑަށް ފައްސިވި އެންމެން ބަލިން ފަސޭހަވެއްޖެ

މީދުން ކޮވިޑް-19 އަށް ފައްސިވި އެންމެން އެބަލިން ފަސޭހަވެއްޖެ އެވެ. އައްޑޫއިމަޖެންސީއޮޕްރޭޝަންސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެރަށުން ކޮވިޑަށް ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...