މީދޫ ކައުންސިލަރު ސޯލިހާގެ މާމަ ނިޔާވެއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާގެ މާމަ، މީދޫ ކަނީރުމާވާދީ އާމިނަތު ވަރުދާ ނިޔާވެއްޖެ އެވެ.

ސޯލިހާގެ މާމަ އާމިނަތު ވަރުދާ  ނިޔާވެފައިވަނީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގައި  ފަރުވާ ދެމުންދަނިކޮށް އުމުރުން 90 އަހަރުގައި މެއިމަހުގެ 5 ވަނަ ދުވަހުއެވެ.

އާމިނަތު ވަރުދާ ނިޔާވި އިރު ދުނިޔޭގައި 10 ކުދިން އެބަތިއްބެވެ. އެއީ ތިން އަންހެން ކުދިންނާއި 7 ފިރިހެން ކުދީންނެވެ.

މަރުޙޫމާ އާމިނަތު ވަރުދާގެ  މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ 5 މެއި 2024 ވަނަ ދުވަހުގެ ޢިޝާ ނަމާދަށްފަހު، މަސްޖިދުލް އިބްރާހިމް މަޖުދުއްދީން (ރާވެރި މިސްކިތް) ގައެވެ.

މަރުޙޫމާ އާމިނަތު ވަރުދާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ. ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ...

އައްޑޫ ބްރިޖުގެ ސަރވޭތައް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލަދޭ ބްރިޖު ބިނާކުރުމަށްޓަކައި ހަދަންޖެހޭ ފުރަތަމަ ސަރވޭގެ މަސައްކަތް ނިންމާލައިފިއެވެ. އައްޑޫ ...

މީދޫ ދާއިރާގެ އިންތިޚާބީ މެންބަރު އައްދު ވެސް ސަރުކާރު މެމްބަރެއްގެ ގޮތުގައި

ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ރައީސް މުޢިއްޒުގެ ތާއީދު އޮތް 74 ކެންޑިޑޭޓުން މަޖިލީހަށް ހޮވިފައިވާއިރު، އައްޑޫމީދޫ ދާއިރާގެ  އިންތިޚާބީ މެންބަރު ...