މޯލްޑިވިއަން އައިޑަލް ސީޒަން 3- އައްޑޫ އޮޑިޝަނުން ތިއޭޓަރ ރައުންޑަށް ހޮވުނީ 5 ބައިވެރީން

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ އައްޑޫ ސިޓީގެ އޮޑިޝަން ރޭ ނިންމާލައިފިއެވެ

އައިޑަލް ސީޒަން 3 ގެ އައްޑޫ ސިޓީ އޮޑިޝަން ރޭނިންމާލާފައިވާއިރު ކުރިއަށްއޮތް ތިއޭޓަރ ރައުންޑަރ އައްޑޫ އޮޑިޝަނުން ހޮވިފައިވަނީ 5 ބައިވެރީންނެވެ.

އައްޑޫސިޓީގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި ކުރިއަށް ގެންދެވުނު އައްޑޫ ސިޓީގެ އޮޑިޝަން ރޭ ނިންމާލިއިރު، ރޭގެ ޝޯވެސް ވަރަށް ފުރިހަމަ ކަމަށް ޝޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންގޮސްފައިވާ މީހުން ފާހަގަކޮށްފައިވެއެވެ.

އައްޑޫ ސިޓީގެ އޮޑިޝަނަށްފަހު މިރޭ ދެއްކުމަށް ހަމަޖެހިފައިވަނީ  ރ. އުނގޫފާރު އޮޑިޝަންއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ މާލޭ ސިޓީ އަދި އައްޑޫސިޓީގެ އޮޑިޝަން ނިމުނުއިރު، ޝޯވގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ތިއޭޓަރ ރައުންޑަށް ދަތުރުކޮށްފައިވަނީ 27 ބައިވެރިންނެވެ

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 2 ސީޒަނަށްފަހު، ތިން ވަނަ ސީޒަންވެސް ބެލުންތެރިންނާއި ބައްދަލުކުރީ ބޮޑެތި ސަޕްރައިޒްތަކަކާއި، ބަދަލުތަކަކާއެކުގައެވެ. އެގޮތުން މިފަހަރުގެ ސީޒަނުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލަކީ ކުރީގެ 2 ސީޒަނާއި ޚިލާފަށް ޖަޖުންގެ ޕެނަލް ތިނަކުން ހަތަރަކަށް އިތުރުވުމެވެ. މިއީވެސް މި ޝޯވ އިތުރަށް ކޮލެޓީވެ، ބައިވެރިންނަށްވެސް އިތުރު ޗެލެންޖެއް ގެނުވާނެކަމެއްކަން ޔަޤީނެވެ. ސަބަބަކީ މިފަހަރުގެ ސީޒަންގައި ކުރިއަށްހުރި ރައުންޑްތަކަށް ދަތުރުކުރެވޭނީ ޖަޖުންގެ ޕެނަލުން މަދުވެގެން 3 ޖަޖުންގެ އާނ ބަހާއެކު ކަމަށްވާތީއެވެ

މިފަހަރުގެ ސީޒަނަށް ޖަޖުންގެ ޕެނަލާއި މުޅިން އަލަށް ގުޅުނީ ރާއްޖޭގެ މިއުޒިކީދާއިރާގެ މަޝްހޫރު ފަންނާނެއްކަމަށްވާ ޒާރާ މުޖުތަބާއެވެ. އަދި ޝޯވގެ ދެވަނަ ޕްރެޒެންޓަރެއްގެ ގޮތުގައި މޫސާ ވަސީމާއެކު އާމޫނެއްގެ ގޮތުގައި ފެނިގެންދަނީ ޝައިނާ ޝަރީފްއެވެ.

މީގެއިތުރުން ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމެންސް ދޫކޮށްލުމަށްފަހު އެރައުންޑްގެ ސޯލޯ ޕަރފޯމެންސްގައި ޕަރފޯމްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާ “ގޯލްޑަން މައިކް”ވެސް މިފަހަރުގެ ސީޒަންގައި ވަނީ ތަޢާރަފުކޮށްފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން ދައްކާލައިފި

ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން މީޑިއާތަކާއި ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ދައްކާލައިފިއެވެ. މި އެޕްލިކޭޝަން ދައްކާލާފައިވަނީ ...

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް : ފަސް ބައިވެރީންވެސް ފައިނަލަށް

މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު 5 ބައިވެރިންނަށް ދީފިއެވެ މޯލްޑިވިއަން އައިޑަލް ސީޒަން ...

ރާއްޖެޓީވީގެ ހަޔާތަށް ބައިނަލްއަޤްވާމީ އެވޯޑެއް

ރާއްޖެޓީވީން އުފެއްދި “ހަޔާތް” ކުރު ފިލްމަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ އެވެ. މިއަހަރު ޖެނުއަރީ 28 އަދި 29 ...