ޑްރެސްޕްރޯ ވިމެންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި މީދޫ ޓީމް ކުޅުނު ފުރަތަމަމެޗް މީދޫ ވޮލީ ޓީމު ކާމިޔާބުކޮށްފިއެވެ.
ފޭދޫ ވޮލީ ކޯޓްގައި މިމަހުގެ 25 ވަނަ ދުވަހުގެރޭ ކުޅެވުނު މިމެޗް މީދޫ ވޮލީޓީމް ކާމިޔާބުކުރީ ހިތަދޫ ޔުނައިޓެޑާ ވާދަކޮށް 3 ސެޓް 0 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު މީދޫ ވޮލީޓީމުން ގެންދިޔައީ 25-17 އިންނެވެ. ދެވަނަ ސެޓް މީދޫ ވޮލީޓީމް ހޯދީ 25-22 އިންނެވެ. އަދި ތިންވަނަ ސެޓް މީދޫ ވޮލީޓީމް ހޯދީ 25-23 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މީދޫޓީމްގެ މަރިޔަމް ތައުމާއެވެ. މިމުބާރާތުގައި މީދޫޓީމް ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28 ވަނަ ދުވަހުގެރޭގައެވެ. މިމެޗްގައި މީދޫޓީމާ ބައްދަލުކުރާނީ ފޭދޫ ޑީކޭ ސްޕޯޓްސްއާއެވެ.
މީދޫޓީމާ ހިތަދޫ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ: މަރިޔަމް ތައުމާ
ކޮމެންޓްސް (0)