ހުޅުދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ޝާޑުއަށް

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީންގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު ( ޝާޑު ) ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ހުޅުދޫ ދާއިރާގެ ހުރިހާ ވޯޓް ފޮއްޓަކުންވެސް ކުރިހޯއްދެވީ  ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު ޝާހިދެވެ.

އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބުގައި  ހުޅުދޫ ދާއިރާ އަށް 4 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ޝާހިދުގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ސާމިއު އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ޝަރީފް އާއި ޑިމޮކްރެޓިކުން ވާދަކުރެއްވި މުހައްމަދު ޔާސީންއެވެ.

ހުޅުދޫ ދާއިރާއަށް ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން ޝާހިދު   ގޮނޑި ކާމިޔާބު ކުރެއްވީ 1183 ވޯޓުންނެވެ. ޝާހިދު އާއި އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް ސާމިއުއަށް  އަށް 914 ވޯޓު ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ޝަރީފަށް ލިބިވަޑައިގަތީ 109 ވޯޓެވެ. އަދި ޑިމޮކްރެޓިކްގެ ކެނޑިޑޭޓް މުހައްމަދު ޔާސީންއަށް  ލިބުނީ 94 ވޯޓެވެ.

އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި މިހާރު މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހޯދީ ޕީއެންސީންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔާމީންގޭ ބަންދުގެ އިޤުރާރާއި ޚިލާފްވެއްޖެ، ފިޔަވަޅު އަޅާނަން: ކަރެކްޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަލުކުރިއިރު ވެފައިވާ އިޤުރާރާއި ޚިލާފްވެފައިވާ ކަމަށާއި، ކަރެކްޝަނުން އެކަމުގައި ފިޔަވަޅު އަޅާނެކަމަށް ...

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޕީޕީއެމްގެ ސަޕޯޓަރެއް ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފިއެވެ. ރައީސް ...

ޗައިނާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދެނީ

ޗައިނާ އިން ރާއްޖެ އަށް ގާތްގަނޑަކަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ. މުއިއްޒުއާއި ...