ޔާމީންގޭ ބަންދުގެ އިޤުރާރާއި ޚިލާފްވެއްޖެ، ފިޔަވަޅު އަޅާނަން: ކަރެކްޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަލުކުރިއިރު ވެފައިވާ އިޤުރާރާއި ޚިލާފްވެފައިވާ ކަމަށާއި، ކަރެކްޝަނުން އެކަމުގައި ފިޔަވަޅު އަޅާނެކަމަށް ކަމިޝަނާރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ހުކުރުދުވަހު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ޖަލުހުކުމެއްގައި މިހާރު ގޭގައި ހުންނެވި ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ. އަދި ގިނައިރުތަކެއް ވަންދެން ރައީސް ޔާމީން ވަނީ ކުޑަދޮރު ކައިރީގައި މަޑު ކުރައްވައި މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ.

މިކަމާއި ގުޅިގެން ސީޕީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްް ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެކަމަށެވެ.

ރައީސް ޔާމީން އަނބުރައި ޖަލަށް ބަދަލު ކުރުމަކީ މިވަގުތުން މިގުތަށް ކުރެވޭނެކަމެއްކަމަށް ނުބެލެއެވެ. ސަބަބަކީ މާފުށީ ޖަލުން ކޯވިޑްގެ ކޭސްތަކެއް ފެނިގެން ޖަލު އޮތީ މޮނިޓަރިންގައި ކަމަށް ވުމުންނެވެ.

އިދިކޮޅު ކޯލިޝަނުން ނިންމާފައި އޮތީ ސަޕޯޓަރުންނާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ. އެހެން ކަމުން ހިނގާލުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ. ފުލުހުން އިދިކޮޅުގެ ހިނގާލުމަށް ހުރަސް އެޅީ ކާނިވާ ސަރަހައްދުންނެވެ. އެހެން ކަމުން އެ ސަރަހައްދުގައި އެއްވެ ތިބެ އިދިކޮޅުގެ ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ފަހުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން ފެނިލުމުން އެކަމާއި ވަރަށް ބޮޑަށް އުފާ ކުރަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑު އެސަރަހައްދުގައި ބައިވެރިން ވަނީ ގަދަކޮށްފައވެެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތ. އަތޮޅާ ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

ތ. އަތޮޅާ ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ...

ޖެންޑާ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި

ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ...

މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެ: ނަޝީދު

ރައްޔިތުން ވަކި ފިކުރެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމުން މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެކަމަށް ...