މީދޫ ދާއިރާގެ ގޮނޑި ޕީއެންސީއަށް ކާމިޔާބެއް ނުކުރެވުނު

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ގޮނޑި ޕީއެންސީއަށް ގެއްލިއްޖެ އެވެ

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީދޫ ދާއިރާގެ   ވޯޓަށް ބަލާއިރު މީދޫ ދާއިރާގެ ގޮޑި ސަރުކާރުގެ ކެނޑިޑޭޓަށް ގެއްލި މިދާއިރާގެ ގޮޑި ކާމިޔާބިކޮށްފައިވަނީ މިނިވަން ކެންޑިޑޭޓް އަބްދުއްރަހުމާނެވެ.

އިއްޔެ ބޭއްވުނު މިއިންތިޚާނުގައި މީދޫ ދާއިރާއަށް ފަސް ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ.

މީދޫ ދާއިރާއަށް 5 ކެނޑިޑޭޓަކު ވާދަކުރައްވާފައިވާއިރު މީދޫ ދާއިރާގެ ހުރިހާ ވޯޓުފޮށިތަކުން ކުރި ހޯއްދަވާފައި ވަނީ އަމިއްލަ ކެންޑިޑޭޓު އަބްދުއްރަހުމާނެވެ.

 އަބްދުއް ރަހުމާނަށް 704 ވޯޓް ލިބިފައިވާއިރު  ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ސަބްރީއެވެ. ސަބްރީއަށް ލިބިފައިވަނީ 606 ވޯޓެވެ.

 ޕީއެންސީގެ  ކެންޑިޑޭޓު އިޔާޒު ނަސީމަށް ލިބިލެއްވީ ތިންވަނައެވެ. އިޔާޒު ނަސީމަށް ލިބިފައިވަނީ 504 ވޯޓެވެ. ދެން މިދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝަފީއުއަށް 13 ވޯޓް ލިބިފައިވާއިރު  ހިޝާމް އަހުމަދަށް ލިބިފައިވަނީ 4 ވޯޓެވެ.

މިދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްއެވެ. އެކަމަކު މިފަހަރު އިންތިހާބުގައި ރޮޒެއިނާ މީދޫ ދާއިރާއަށް  ވާދައެއް ނުކުރައްވައެވެ.

އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި މިހާރު މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދާ މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހޯދާއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ކުރެވޭ ކޭތަނަމާދު ކުރެވޭނީ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި – އިމާމުވެ ނަމާދު ކުރައްވާނީ ކަރީމް

މާދަމާ ހެނދުނު ހިފާ އިރުކޭތައާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި ...

ޕާސްޕޯޓް ހިފަހައްޓާ ހައްޔަރެއް ނުކުރޭ، ޚަބަރު ފެތުރީ ޑިމޮކްރެޓުން އަޑީގައި ތިބެގެން: ސިޔާމް

ސިންގަޕޫރުގައި ޕާސްޕޯޓް ހިފަހައްޓައި، ހައްޔަރު ކުރިކަމަށް މީޑިއާތަކުން ފެތުރި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެވާހަކަ ...

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން: ރައީސް ނަޝީދު

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ...