އިޔާޒު ނަސީމް އާއެކު އައްޑޫ މީދޫގެ ތަރައްގީއަށް ފަހި ފުރުސަތެއް

ނޯޓް : ތިރީގައިވާ ލިއުމަކީ ހަސަން ޝާހިދުގެ ” ޝާހިދު ލައިވް ވޯލްޑް ޕްރެސް.ކޮމް ” ގައި ޝާހިދު ލިއުއްވާފައިވާ ލިއުއްވުމެއް

ދިވެހިރާއްޖެއަށް މަލްޓި ޕާޓީ ވެރިކަމުގެ ނިޒާމުގެ ތައާރަފު ވިފަހުން މިހާރު ހިނގަމުންމިދަނީ ވެރިކަމުގެ 4 ވަނަ ދައުރެވެ. ފާއިތުވެދިޔަ 3 ދައުރުގެ ތެރެއިން 2 ދައުރުގައި ވެރިކަން ކުރީ އެމްޑީޕީންނެވެ. މި ދެދައުރުގެ ތެރެއިން ފުރަތަމަ ދައުރުގައި ހުޅުދޫއާއި މީދޫ ގުޅުވައިގެން އުފެއްދި ހުޅުމީދޫ ދައިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރުކަން ކުރެއްވީ އެއްމޑީޕީގެ ކެންޑިޑޭޓް ސ.ހުޅުދޫ ބްލޫސްކައި އިލްޔާސް ލަބީބްއެވެ. އޭގެ ފަހުން ޕީޕީއެމްގެ ވެރިކަމުގައި މަރަދޫފޭދޫ އާއި މީދޫ ގުޅުވައިގެން އުފެއްދި މީދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރެއްވީ ރޮޒައިނާ އާދަމް، ގ.ފީރޯޒްލޮޖް، މާލެ އެވެ. 2018 އިން 2023 އަށް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް މީދޫ ދާއިރާ ތަމްސީލުކުރެއްވީ ރޮޒައިނާ އާދަމްއެވެ.

ފާއިތުވި ވެރިކަމުގެ 3 ދައުރަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި މީދޫ ތަމްސީލު ކުރުމަށް މީދޫއަށް އުފަން މީދޫގެ ބޭފުޅަކު އިންތިޚާބުވެފައި ނުވާއިރު، މަޖިލީހުގައި އައްޑޫ މީދޫ ތަމްސީލް ކުރެވިފައިވަނީ މީދޫގެ އިތުރުން އެހެން ރަށެއްވެސް ހިމެނޭ ގޮތަށެވެ. އެހެންކަމުން މިހައިތަނަށް މީދޫއަށް ލިބެންޖެހޭ ސިޔާސީ ބާރުވެރިކަން އެއްވެސް ސަރުކާރެއްގައި ފުރިހަމަށް ލިބިފައިނެތެވެ. އެހެންނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މީދޫ ތަމްސީލް ވެގެންދާނީ، ހަމައެކަނި މީދޫއަށް ޚާއްސަވެގެންނެވެ. އެހެން އެއްވެސް ރަށަކާއި ނުގުޅުވައި އުފެއްދި މީދޫ ދާއިރާގެ ގޮނޑި ޚާއްސަވެގެންދާ އަނެއް ސަބަބަކީ، ސިޔާސީ ބާރުވެރިކަން މީދޫއަށް ހޯދުމަށް ލިބޭ ފަހި ފުރުސަތަކަށްވާތީއެވެ. އާދެ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މީދޫ ރައްޔިތުންގެ އަޣުލަބިއްޔަތު ދެއްވި ރައީސް ޑރ.މުއިއްޒުގެ ސަރުކާރާއެކު މަސައްކަތްކުރާނެ ތަޢުލީމާއި ތަޖުރިބާހުރި ކެންޑިޑޭޓަކު އިންތިޚާބު ކުރުމުގެ ފުރުޞަތު މީދޫ ރައްޔިތުންނަށް ލިބިފައިވާތީއެވެ.

ރަށަކަށް ސިޔާސީ ބާރުވެރިކަން ހޯދެނީ، އިންތިޚާބީ މަޤާމުތަކަށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ގުޅިގެން މަސައްކަތްކުރާނެ މެމްބަރުން އިންތިޚާބު ކުރެވިގެންނެވެ. ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ، މިދެންނެވި ބާރުވެރިކަން ހޯދުމަށް އޮންނަ އެންމެ ފަހި ފުރުސަތެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަކު އިންތިޚާބު ކުރުމުން، އެމެމްބަރު މެދުވެރިކޮށް، ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރެވި، އިތުރު މަޝްރޫޢުތަކާއެކު ރަށުގައި އިތުރު ވަޒީފާތައް އުފެދިގެންދެއެވެ. އެރަށެއްގެ ރައްޔިތުންގެ ތާއީދު ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތްތައް ރާވަމުން ގެންދެއެވެ. ސަރުކާރާއި އިދިކޮޅު މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްގެން މިދެންނެވި ސިޔާސީ ބާރުވެރިކަން ނުހޯދޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުގެ ބުރަ މަސައްކަތާއެކު މިހާރުވެސް ރަށުގެ އެތަކެއް ޒުވާނުންނަށް ވަޒީފާ ހަމަޖެހި، ވަޒީފާގެ ކުރިއެރުން ހޯދާދެވި، އިތުރު ވަޒީފާތައް ހަމަޖައްސައި ދެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަން ކުރުމުގައި ސިޔާސީ ފިކުރަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅުއްވައެވެ. ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ޝަރުތު ނުކުރައްވައެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް މިއަހަރު ބަޖެޓް ކުރެވިފައިހުރި މަސައްކަތްތައް އަވަހަށް ފަށައިގަތުމަށް ސަރުކާރުގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އިޔާޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އެކު ކުރެވޭ މަޝްވަރާތަކުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. މިއީ މީގެ ކުރިން ސަރުކާރުގެ ކެންޑިޑޭޓެއްގެ ފަރާތުން ފެނިފައިނުވާ ވަރުގެ މުރާލިކަމާއި ހިތްވަރެކެވެ. މިކަންކަމުންވެސް ދައްކައިދެނީ އިޔާޒު ނަސީމުގެ ހިތުގައި ރަށާއި ރަށުގެ ރައްޔިތުންނަށް ދެވިފައިވާ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އަޅާލުންތެރިކަމެވެ. އެއްވެސް ރައްޔިތެއްގެ ކަމެއްގައި ފަހަތަށް ނުޖެހޭނެކަމެވެ.

ގަބޫލުކުރަން ބޭނުން ނުވިޔަސް ރާއްޖޭގެ ސިޔާސީ ނިޒާމު ރޭވި އެތުރިފައިވާ ގޮތުން، އިންތިޚާބީ މަޤާމުތަކަށް އެއިރެއްގެ އޮންނަ ސަރުކާރާއި ދެކޮޅު ބަޔަކު އިންތިޚާބުކޮށްފިނަމަ، އެދާއިރާއަކަށް/ރަށަށް ލިބޭނެ ކުރިއެރުމެއް، ދިރުމެއް ނެތެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަސައްކަތަކަށް ވެފައި އޮންނަނީ ސަރުކާރު ބަލިކަށި ކުރުމެވެ. މިއީ ރާއްޖޭ ސިޔާސީ ހަގީގަތެވެ. ރައްޔިތުންގެ މަޖިލީހުން ފެންނަމުން އެދަނީ މި މަންޒަރެވެ. އެހެންކަމުން ސިޔާސީ ބާރުވެރިކަމާއެކު، ތަރައްޤީގެ ފަހި ފުރުޞަތުތަކާއި، އިތުރު ވަޒީފާތަކާއެކު، ރަށުގައި ތިބެގެން ކުރިއެރުން ހޯދަން އެދޭނަމަ މީދޫގެ ރައްޔިތުންނަށް އެފުރުޞަތު މިވަނީ ހުޅުވިފައެވެ. ކުރަންޖެހޭ ކަމަކީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓަށް މަޖިލީހުން ފުރުޞަތު ދިނުމެވެ. އާދެ، ރަށަށްޓަކައި އަދާކުރާ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި ކެންޑިޑޭޓް ނަންބަރު 2 އިޔާޒު ނަސީމް އަށް ވޯޓެއް ދިނުމެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރަދޫގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުން ބީލަމަށް

އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ މަރަދޫ އަވަށުގައި ...

ކޮވިޑް 19 – ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ

ހުޅުދުންނެގުނު ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް 19 އަށް  ޕޮޒިޓިވްވެއްޖެވެ. ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ...

ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ. އަތޮޅުތަކުގައި ކުޅިވަރު ...