މާދަމާއަކީ ރޯދަމަހުގެ ފަހު ދުވަސް، ބުދަދުވަހަކީ އީދު

މި މަހުގެ 10 ވާ ބުދަ ދުވަހަކީ، ދިވެހިރާއްޖެއަށް 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ކަނޑައަޅައިފިއެވެ.

މިކަން އިއުލާނުކުރައްވާފައިވަނީ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.

މިރޭ 8:45 ގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު އިއްވި ޤަރާރުގައި ބުނެފައި ވަނީ، މިއަދުގެ އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި، އިސްލާމީ ގައުމުތަކަށްވެސް 1445 ވަނަ އަހަރު ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންވެ، ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ، 30 ރަމަޟާން 1445 ވާ އަންގާރަ ދުވަސްކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުއާޒް ޕީޕީއެމުން ވަކިވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ،  ޕީޕީއެމުން ވަކިވެއްޖެކަން ހާމަކޮށްފިއެވެ. މުއާޒް ޕީޕީއެމުން ވަކިވެއްޖެކަން ހާމަކުރައްވާފައިވަނީ ...

ނަޝީދުގެ އާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އުފެެއްދުމުގެ ...

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު، ރައީސް އޮފީހުން ވަކިކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރައްވައިފިއެވެ. ޝިފާޒު ...