ޝެފީލްޑް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެ

އިގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފުލުގައިއޮތް ޝެފީލްޑް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެވެ.

 އާދިއްތަ ދުވަހުގެ ރޭ ކުޅުނު މިމެޗު އެއްވަރުވެފައިވަނީ 2 ލަނޑު 2 ލަނޑުންނެވެ.  

މިމެޗުގެ ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ.

ޝެފީލްޑް ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖޭޑެން ބޯގޮލް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުފަށައިގެން 66 ވަނަ މިނެޓުގައި ޗެލްސީން އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ.  މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޯނީ މަޑޫއެކޭއި އެވެ.

 ޝެފީލްޑް ޔުނައިޓެޑުން ދެވަަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗްގެ އިތުރު ވަގުތުގައި ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އޮލިވާ މެކްބާނީ އެވެ.

2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެން މެޗް ނިމުމުން ލީގުގައި ކުޅުނު 30 މެޗުން ޗެލްސީއަށް 44 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ. އަދި ޝެފީލްޑް ޔުނައިޓެޑުން ކުޅުނު 31 މެޗުން އެޓީމަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫއެފާ ނެޝަނަލް ލީގް: ކްރޮއޭޝިޔާ ބަލިކޮށް ސްޕެއިން ޗެމްޕިއަން ހޯދައިފި

ޔުއެފާ ނެޝަނަލް ލީގް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ. ދެޓީމުގެ ފަރާތުން ...

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދު ބަލިކޮށް ހުޅުމީދޫ ޕޮލިސް ފައިނަލަށް

މީދޫގައި މިހާރު ހިގަމުންދާ އެމްއީސީ ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި  ޓީމް ހުދުހުދު ބަލިކޮށް ...

މީދޫޓީމަކާއި ފޭދޫ ޓީމަކާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި

މީދޫ އަންހެން ވޮލީ ޓީމަކާއި ފޭދޫ އަންހެން ވޮލީ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ. ހޮނިހިރު ...