އިގިރޭސި ޕްރިމިއާލީގު: ސިޓީން ފަހަތުންއަރާ ކްރިސްޓަލް ޕެލަސް ބަލިކޮށްފި

އިގިރޭސި ޕްރެމިއާ ލީގުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާއި ބައްދަލުކުރިމެޗު މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.  

އިއްޔެ ކުޅެވުނު މިމެޗް ސިޓީން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކްރިސްޓަލް ޕެލަސް އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖީން ފިލީޕް މަޓެޓާ އެވެ

ނަމަވެސް އޭގެ 10 މިނެޓަށްފަހުން މެންޗެސްޓާ ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިބްރޭނާ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

އެހެންނަމަވެސް  ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ޑިފެންޑަރު ރިކޯ ލުވިސް އެވެ. 

މިމެޗުގައި ސިޓީން ކާމިޔާބުކުރި 3 ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހާލަންޑް އެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިބްރޭނާ އެވެ.

މިމެޗްގައި ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކުރި 2 ވަނަ ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެޑަސަން އެޑްއާޑް އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު، 31 މެޗުން މެންޗެސްޓާ ސިޓީއަށް 70 ޕޮއިންޓް ލިބިފައިވާއިރު މިމެޗުން ބަލިވި  ކްރިސްޓަލް ޕެލަސް ލީގުގައި ކުޅުނު 31 މެޗުން ލިބިފައިވަނީ  30 ޕޮއިންޓެވެ. އަދި އެޓީމް އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ 

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެސްޖީ އާއި މެން.ސިޓީ އެއްގްރޫޕަކަށް

ޔުއެފާ ޗެމްޕިއަންސް ލީގް 22/2021 ސީޒަނުގެ ގްރޫޕް ސްޓޭޖުގައި، މަޝްހޫރު ތަރިން އެންމެ ގިނަ ފްރާންސްގެ ޕީއެސްޖީ އާއި ...

ފެނަކަވެސް ގައުމީ ޓީމާއެކު

މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ...

ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނަށް

ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނުން ހޯދައިފިއެވެ. ...