ފޯރިގަދަ މެޗަކަށް ފަހުވަގުތު ޗެލްސީ މޮޅުވިއިރު ލިވަޕޫލްއަށް ފަސޭހަމޮޅެއް

އިގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅެވުނުމެޗްވެސް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ ޝެފީލްޑް ޔުނައިޓެޑާއި ބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒްއެވެ.  

ލިވަޕޫލްގެ މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1 ލަނޑު 0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.  

އެހެންނަމަވެސް 58 ވަނަ މިނިޓްގައި ޝެފީލްޑުޔުނައިޓެޑުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ  ގުސްތާވޯ ހެމާއެވެ. މިލަނޑަކީ  ގުސްތާވޯ ހެމާބޮލުން ޖެހި ބޯޅަ އެއް ލިވަޕޫލްގެ ކޮނާ ބްރެޑްލީ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

މިމެޗްގައި ލިވަޕޫލަށް އަލުން ލީޑުނަގައިދިނީ 76 ވަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.  

މިމެޗްގައި ލިވަޕޫލުން ކާމިޔާބުކުރި 3 ވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ.

މިމެޗުން ލިވަޕޫލް މޮޅުވުމުން ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 70 ޕޮއިންޓް ލިބިގެންނެވެ.

ދެ ވަނައިގައި އޮތް އާސެނަލަށް 30 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ  30 މެޗުން 67 ޕޮއިންޓެވެ.

ޗެލްސީ/ މެނެޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 4 ލަނޑު 3 ލަނޑުންނެވެ. މިމެޗްގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 4 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ކޯނާ ގެލަގާ އެވެ. ޗެލްސީން ޖެހި ދެ ވަނަ ގޯލަކީ، އެ ޓީމުގެ މާކް ކުކުރޭލާ އަށް ޔުނައިޓެޑްގެ އޭރިއާތެރެއިން އެ ޓީމުގެ އެންތަނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ކޯލް ޕާމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީން 2 ލަނޑު 0 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ދެ ލަނޑު ޖަހައި މެޗްގެ ނަތީޖާއެއްވަރުކުރި އެވެ.

މިގޮތުން ޔުނައިޓެޑްގެ ފުރަތަމަ ލަނޑު  މެޗްގެ 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލެހަންދްރޯ ގާނާޗޯ އެވެ. މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖެހީ 39 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ.  

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަލްޖެންޑްރޯ ގަނާޗޯ އެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުނައިޓެޑްގެ 3 ވަނަ ލަނޑާއެކު ޔުނައިޓެޑް ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނެޓްގެ ތެރެއިން 7 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކޯލް ޕަލްމާ އެވެ. އަދި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަލްމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޗެލްސީއަށް މެޗް ކާމިޔާބުކޮށްދީފައެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން ޗެލްސީއަށް 43 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް: ފައިނަލަށް އަސްރިއްޔާ އާއި ހުޅުދޫ ސްކޫލް

މުދައްރިސުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި 2020 ވަނައަހަރު ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ...

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ކަޕްގެ ގުރުއަތުލުން ނަގައިފި

ހުޅުދޫގައި  ބާއްވާ ” މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ”  ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ. ހަ ...

އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ. ...