އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ.

ގްރޫޕް ބީން އެއްވަނަ ޓީމެއްގެ ގޮތުގައި ކުޅުނު 3 މެޗުން މޮޅު 9 ޕޮއިންޓް ހޯދައިގެން ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބް ސެމީފައިނަލަށް ހޮވިފައިވާއިރު ގްރޫޕް ބީގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ ) އިން އޭއެފްސީ ނެޓްބޯޅަ ޓީމްގެ ނަމުގައި މުބާރާތުގައި ބައިވެރިވި ޓީމެވެ. އޭފްސީ ނެޓްބޯޅަ ޓީމް ސެމީފައިނަލަށް ހޮވުނީ އެޓީމު ކުޅުނު 3 މެޗްގެ ތެރެއިން އެއްމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ އަދި އެއްމެޗުން ބަލިވެ ލިބުނު 4 ޕޮއިންޓާއެކުގައެވެ.

މިފްކޯ ޓީމް: ފޮޓޯ: ލުބުނާ

އޭއެފްސީ ނެޓްބޯޅަ ޓީމާއި މިގްރޫޕްގައި ހިމެނޭ އެމްޕީއެލްގެ ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވިކަމުގައިވިޔަސް އެމްޕީއެލްޓީމް ސެމީފައިނަލަށް ނުހޮވި މުބާރާތުން ކަޓައިގެންދިޔައީ އޭ.އެފް.ސީ  ( މިފްކޯ ) ނެޓްބޯލް ޓީމަށްވުރެ  އެޓީމަށް ސްކޯ ކުރެވުނު  ޕޮޓް ގެ އަދަދު މަދުވެގެންނެވެ. އެމްޕީއެލްގެ ޓީމަށް 68 ޕޮޓް ކާމިޔާބުކުރެވިފައިވާއިރު އޭ.އެފް.ސީ ( މިފްކޯ )  ނެޓްބޯލް ޓީމަށް ކާމިޔާބުކުރެވިފައިވަނީ 76 ޕޮޓެވެ. އެހެންކަމުން އެމްޕީއެލް ޓީމުގެ މައްޗަށް އޭ.އެފް.ސީ ( މިފްކޯ )  ނެޓްބޯލް ޓީމަށް ކުރިލި އެޓީމް ސެމީފައިނަލަށް ހޮވުނީ 8 ޕޮޓްގެ ތަފާތުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އައްޑޫސިޓީ ގަމުގައި

އައްޑޫ ސިޓީ ގަމުގައިހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ދާކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ބުނެފިއެވެ. ...

ޔާމީންގެ ވެރިކަމިގައި ހިނގި ވައްކަމުގެ ޒިންމާ ނަންގަވަންޖެހޭނީ ހަމަ އެމަނިކުފާނު: ނާޒިމް

ރައީސް ޔާމިނުގެ ވެެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ހަމަ އެމަނިކުފާނުކަމަށް ރައީސް ...

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ މީގެ ތެރޭގައި ހިމެނެނީ 18 ދިވެހީން ...