ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ އަންނަ މަހުން ފެށިގެން މަޢާފް

ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 24 ވަނަ ދުވަހު ނިންމަވާފައިވާ ނިންމެވުމަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާނެކަމަށް ކުންފުނިތަކުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ރައީސްގެ ނިންމެވުމާ ގުޅޭގޮތުން ދައުލަތުގެ ޔުޓިލިޓީ ކުންފުނިތަކުން ބޭއްވެވި ބައްދަލުވުމުގައި، މައުލޫމާތުދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން އެމްޑަބްލިއުއެސްސީން ޖޫރިމަނާ މައާފްކޮށްދޭނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލްތަކަށްކަމަށެވެ. އެއްފަހަރާ ބިލް ދެއްކިނަމަވެސް އަދި ބައިބަޔަށް ބަހާލައިގެން ދެއްކިނަމަވެސް ޖޫރިމަނާ މައާފްވާނެކަމަށް މަތީން ވިދާޅުވިއެވެ. ޖޫރިމަނާ ގާތްގަނޑަކަށް 17 މިލިއަނަށް އަރާކަމަށާއި، ފެނުގެ އަގު ނުދެއްކިގެން 45 މިލިއަން އަރާފައިވާކަމަށެވެ. އެހެންކަމުން މިއީ ކުންފުނީގެ އާމްދަނީއަށް އިތުރުވާ އަދަދަކަށް ވާނެކަމަށް މަތީން ވިދާޅުވިއެވެ.

“ލުއިފަސޭހަކަމަށް އަމަލުކުރަން އެމްޑަބްލިއުއެސްސީން ފަށާނީ 1 އޭޕްރީލްއިން ފަށައިގެން މި އަހަރުގެ ނިޔަލަށް. ރަނގަޅު މުއްދަތެއް އެބަދެވޭ ރައްޔިތުންނަށް މި ފަސޭހަކަން ލިބިގަންނަން. އެމްޑަބްލިއުސްސީގެ ކަސްޓަމަރުންގެ އަދަދަކީ ގާތްގަނޑަކަށް 70،000 ކަސްޓަމަރުން. 60،000 ކަސްޓަމަރުންނަކީ ޑޮމެސްޓިކް. ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ބިލްތައް ނުދެއްކި މިދެންނެވި ކެޓަގަރީއަށް ފޯލްވަނީ ގާތްގަނޑަކަށް 3000 ކަސްޓަމަރުން.” މަތީން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމަށް ތަންފީޒްކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށެވެ. ޖޫރިމަނާ މަޢާފްވެގެން ދިއުމުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބި އާންމު ރައްޔިތުންނަށްވެސް ފަސޭހަތަކެއް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

“ވަރަށް ގިނަ ރަށްރަށުން އެބަހުރި ބިލްތައް ނުދެއްކި ބޮޑެތި ބިލްތަކެއް އަރައިގެންގޮސް ޖޫރިމަނާތައް އަރައިގެން ދިޔައީމަ ބިލްތައް ނުދެއްކި ތަކުލީފުގައި އުޅެންޖެހިފައި ތިބި ފަރާތްތައް އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވިފައި އެބަހުރި. ރައީސްގެ މި ނިންމެވުމާއިއެކު މިކަމަށް ހައްލެއް ލިބިގެންދާތީ ކުންފުނީގެ ފަރާތުންވެސް ރައީސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މި ބިލްތައް ނުދެއްކި މިއޮތީ ޖޫރިމަނާގެ ވަރަށް ބޮޑުބައެއް އަރާފައި އޮތުމުން. އަދި އާންމު ރައްޔިތުން ވަރަށް ބޮޑު ދަރަންޏަކުން ސަލާމަތްވެގެންދާނެ.” މުއާޒް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ބިލްތައް މައާފްކޮށްދޭން ހަމަޖެހިފައިވަނީ ޑޮމެސްޓިކް ކަސްޓަމަރުންނަށްކަމަށެވެ. ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހާއި ހަމައަށް ނުދެއްކި ހުރި ފައިސާއަށް އަރާފައި ހުރި ޖޫރިމަނާ މައާފްކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ

“އޭޕްރީލް 1 އިން ފެށިގެން މިއަހަރު ނިމެންދެން އަޅުގަނޑުމެން ބަހާލަމިދެނީ ފައިސާ ދެއްކުމުގެ ފުރުސަތު. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ފަރާތްތަކަށް ނުވަތަ ކަސްޓަމަރުންނަށް އަޅުގަނޑުމެން މި ޖޫރިމަނާ މައާފްކޮށްދެއްވަނީ. މީގެތެރޭގައި ބައެއް ކަސްޓަމަރުން އެބައުޅޭ ދައްކަންޖެހޭ އަދަދަށްވުރެ ޖޫރިމަނާ ބޮޑުވެފައި ތިބި ކަސްޓަމަރުންވެސް ނުދެއްކި ހުރެހުރެ ގިނަދުވަސް ވެފައި ހުރުމުގެ ސަބަބުން. އެހެންވީމަ މި ފުރުސަތުގެ ބޭނުން ހިއްޕެވުން ވަރަށް މުހިންމު.” ފަހުމީ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި

އައްޑޫސިޓީ ހުޅުދޫގައި  ކުރިއަށްގެންދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ހިތަދޫ މައިލޯ ...

ނަޝީދު މަރާލަން ރާވާ ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން އިންތި ގޮވައިގެން ރޮޒައިނާ ފުލުހަށް

އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ...

ޕޯސްޓު މެދުވެރިކޮށް އައްޑޫއަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ތަކެއް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 890 ގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މި ...