މީދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ސަބްރީ  ކާމިޔާބު ކުރައްވައިފި

މީދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ސަބްރީ ކާމިޔާބު ކުރައްވައިފި އެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މީދޫ ދާއިރާގެ ޓިކެޓް ސަބްރީ ކާމިޔާބުކުރެއްވީ 208 ހޯއްދަވައިގެނެވެ.

މީދޫ ދާއިރާގެ ޓިކެޓަށް ސަބްރީއާއިއެކު އިތުރު ތިން ކެންޑިޑޭޓަކު ވާދަކުރިއެވެ.

ވީއޯއެމް” އަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ސަބްރީއަށް މީދޫގެ ފޮށިން 157 ވޯޓް ލިބުނުއިރު މާލޭ ފޮށިން ލިބުނީ 51 ވޯޓެވެ.   

ސަބްރީއާއި އެންމެ ގާތުން ވާދަކުރި ވަސީމު އަށް ލިބިފައިވަނީ 152 ވޯޓެވެ. ވަސީމުއަށް މާލޭ ފޮށިން  29 ވޯޓު ލިބުނު އިރު  މީދޫގެ ފޮށިން ލިބުނީ 123 ވޯޓެވެ.

ދެން މިދާއިރާއަށް ވާދަކުރެއްވި ހިޝާމުއަށް ލިބިފައިވަނީ 104 ވޯޓެވެ. ހިޝާމުއަށް މާލޭގެ ފޮށިން 36 ލިބުނުއިރު މީދޫގެ ފޮށިން ލިބުނީ  68 ވޯޓެވެ.

 މިދާއިރާއަށް ދެންވާދަކުރި ހައްވުއަށް ލިބިފައިވަނީ 6 ވޯޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...

ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ

ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އުމުރުން އެންމެ ...

މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން: އައިއެމްއެފް

މިވަގުތަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ރަނގަޅު ވަގުތެއް ނޫން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ސަރުކާރަށް ...