ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ.
މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި ބޭއްވުނު ހާއްސަ ޖަލްސާއެއްގައެވެ.
މި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް އިއްތިހާދުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ)
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް
- މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް
- މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)
- ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުޙުސިން ހަމީދު
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
މި މެންބަރުންކުރެ ހަސަން ޝިޔާން، ނިހާދު އަދި ޝާޒް މިވަގުތު މާލޭގައި ނޫޅުއްވައެވެ. އެހެންވެ ރޭގެ ޖަލްސާގައި އެ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މި މެންބަރުން ޕީއެންސީއާއި ގުޅިވަޑައިގެންފައި މިވަނީ އިދިކޮޅު މެންބަރުންތަކެއް އެ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
ކޮމެންޓްސް (0)