ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ފުލުހުން ހައްޔަރުކޮށްފިއެވެ.
ނަދީމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެންދެރިމާގޭ ކުރިމަތީގައި ހުންނަވަނިކޮށެވެ. ނަދީމް މިހާރު ވަނީ ފުލުހުންގެ މައި އިދާރާއަށް ގެންގޮސްފައެވެ.

ނަދީމް ހައްޔަރު ކުރި ނަމަވެސް ހައްޔަރު ކުރީ ކީއްވެގެންކަން އަދި އެނގިފައެއް ނުވެއެވެ.

ނަދީމް ހައްޔަރުކޮށްފައިވާ އިރު އިއްޔެ ފުލުހުންވަނީ ރައީސް މައުމޫނާއި ގުޅުން ހުރި ތިން ގެއެއް ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ރައީސް މައުމޫންގެ އޮފީހުގައި އުޅުއްވާ ނަޖްމާ އިބްރާހީމާއި ރައީސް މައުމޫންގެ ބޮޑީގާޑެއް ކަމަށްވާ މުހައްމަދު އަޒްމީ ހިމެނެއެވެ. އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން މިއަދު ވަނީ ބަންދުކޮށްފައެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ...

މާލެ އައިސް ދަފްތަރުގައި ޖެހުނު މީހުންނަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

މާލެ އައިސް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ...

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

އައްޑޫ ސިޓީގެ ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތުގައި އައިލެންޑް ...