ތުރުކީގެ ޓޫރިޒަމް މިނިސްޓަރ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރ މެހްމަތް ނުރީ އާސޯއިއަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރ މެހްމަތް ނުރީ އާސޯއި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެލައްވާފައެވެ. އަދި ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ޤައުމުގެ މެދުގައި ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރ މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވެއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެ މަނިކުފާނު ދަޢުވަތު އެރުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޮޓޯއިން ޚަބަރު: މީދޫގެ ލައިޓް ޕޯލްތައް ހަލާކުވުން

މީދޫ ބޮޑުމަގުގެ އުތުރުކޮޅުގެ މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްޕޯލްތަކުގެ ތެރެއިން ބައެއް ލައިޓްޕޯލްތަކާއި މީދޫ ބަނދަރުގެ ސަރަހައްދުގައި ޖަހާފައިވާ ...

އެމްއެންޑީއެފުން ހުޅުމާލޭގައި ހަވާ އަރުވަނީ

އާ އަހަރަށް މަރުހަބާ ކިޔުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ...

ރައީސް ނަޝީދާ ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް މަޖިލީހުގެ ...