ޕޮލިސް ކޮމިޝަނަރު ހަމީދު ރިޓަޔާ ކުރައްވައިފި

ހުކުރު ދުވަހު ވެރިކަން ބަދަލުވެ، މަގާމުން ވަކިކުރާނެކަން އެނގޭތީ، އިނާޔަތް ލިބޭ ގޮތަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ކުށްތައް މަދުކުރާނެ ކަމުގެ ވައުދާއެކު 2019 ވަނަ އަހަރު މަގާމާ ހަވާލުވި ހަމީދު ރިޓަޔާކުރިއިރު، ގައުމުގައި ކުށްކުރުން އިންތިހާއަށް އިތުރުވެ، މަސްތުވާތަކެއްޗާއި ރަލުގެ ވިޔަފާރި ވަނީ އާއްމުވެފައި. އަދި އެ އަމަލުތައް ހިންގާ މީހުންނަށް އަދަބެއް ނުދެވި އެ މީހުން ވަނީ މުޖުތަމައުގެ ތެރެއަށް ދޫވެފަ އެވެ.

ކޮމިޝަނަރު ހަމީދު ރިޓަޔާ ކުރެއްވުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ އިސްކަންދަރު ކޮށީގައި ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން ރިޓަޔާ ކުރެއްވުމާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާއެކު މަސައްކަތްކުރެވުނު ކަމަށާ ކޮންމެ ފުލުހަކު ވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާތަން ކަމަށެވެ.

ހިތާ އެންމެ ގާތް ހިދުމަތުން ވަކިވެގެންދާއިރު، މި މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އެންމެހައި ފުލުހުންނަށް އިލްތިމާސްކުރެއްވި އެވެ. އަދި ދިވެހިރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދުގެ ޅިޔަނު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަމީދުއާ ހަވާލުކުރެއްވީ ޑިސެމްބަރު 12، 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ މާޗް 26، 2019 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާގެ ...

އައްޑޫގައި ހަދަން ނިންމާފައިވާ އިންޑިޔާގެ ކޮންސިއުލޭޓާއި ބެހޭ ގޮތުން އަޅުގަނޑުގެ ހިޔާލު

ލިއުނީ: ޝަފީގު ހަސަން އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހަދަން އިންޑިޔާ ކެބިނެޓުން ނިންމުމާ ގުޅިގެން، ދިވެހި ރާއްޖޭގައި މި ...

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 32 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިއްޔެ އިތުރު 32 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ އައްޑޫ ހޮސްޕިޓަލުން ...