އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 32 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިއްޔެ އިތުރު 32 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކާއިދެމެދު އައްޑޫސިޓީން ކޮވިޑް ޓެސްޓް ކުރުމަށް ނެގުނު 226 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި  32 މީހުންގެ ތެރޭގައި ހިމެނެނީ މަރަދޫފޭދުން ޕޮޒިޓިވްވިމީހަކާއި މަރަދުން ޕޮޒިޓިވްވި 21 މީހުނެގެއިތުރަށް ހިތަދުން ޕޮޒިޓވްވި 10 މީހުންނެވެ.

އިއްޔެ  ޕޮޒިޓިވްވި މީހުންގެ ތެރޭގައި  ހިމެނެނީ 24 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 4 މީހަކާއި ވަކި ތަރުތީބެއްނެތި ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވްވި  4 މީހުންނެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  139 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  9 މީހުންނެވެ .  ހިތަދޫގައި 79 މީހުން ތިބިއިރު  ފޭދޫގައި ތިބީ 17 މީހުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 1012 މީހުންގެ ތެރެއިން 739 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.  އައްޑޫސިޓީގައި ކޮވިޑް ޖެހުނު މީހުންގެތެރއިން ބަލިން ފަސޭހަ ނުވެ ތިބީ  270 މީހުންނެވެ.  

އަދި މިވަގުތު އައްޑޫސިޓީގައި ކޮވިޑް ބަލީގެ 5 މީހަކަށް ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިއުމާގުޅިގެން އައްޑޫސިޓީގެ ހުރިހާރަށެއް މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ދެމުންދަނީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުންކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބަނދަރު ...

ތާޒާ ފެން ކުންފުނީގެ 6 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ތާޒާ ފެން ކުންފުނީގެ 6 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ތާޒާ ފެން ވިއްކާ އައިލެންޑް ބެވްރޭޖްސް މޯލްޑިވެސް އިން ...

ކޮވިޑް 19 – ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އިން ފުރުމުގެ ...