ފެނަކަ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާ ދެއްވުމަށް    ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަށް އެމްޑީ ސައީދ ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ މިއަދުން ފެށިގެން އިތުރަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަންބޭނުންނުފުޅު ނުވާ ކަމަށެވެ.

އިސްތިއުފާ ދެއްވުމަށް އެމްޑީ ސައީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި، ފާއިތުވެ ދިޔަ އަހަރު ތަކުގައި ދިމާވި ގިނަ ގޮންޖެހުންތަކާ އެކު ހާއްސަ ކޮށް ކޮވިޑްގެ ބޮޑު ވަބާގައި ކުންފުނީގެ މުއްޒަފުން ދައްކާފައިވަނީ ވަރަށް މުރާލި އަގު ނުކުރޭވޭފަދަ ހިދުމަތްތަކެއްކަމަށާ އެކަމަކީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާ ހަގީގަތެއް ކަމަށެވެ.

ގިނަ ދަތި ކޮންޖެހުން ތަކާއެކުވެސް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތް ލިބޭ ރައްޔިތުންނަށް އޯގާތެރިކަމާ އުފާވެރި ކަމާއެކު އިތުބާރު ހިފޭ ހިދުމަތެއް ޔަގީންކަމާ އެކު ފޯރުކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށް އެމްޑީ ސައީދުގެ ސިޓީގައި ވިދާޅުވިއެވެ. އެގޮތުން ، ރައްޔިތުންނަށް ދެވޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުންފުނީގެ މުއައްޒަފުން އަބަދުވެސް ދެމިތިބުމަށް އެދިފައެވެ.

މީގެ އިތުރުން އެމްޑީ ވަނީ، އެ ކުންފުނީގެ ހުރިހާ މުއްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ފެނަކައަށް ކުރި އެރުމާއި ފާގަތި ދުވަސްތަށް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

fenaka
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޮވިޑް-19: ފުވައްމުލަކުން މީހަކު ޕޮޒިޓިވް ވެއްޖެ

ޏ. ފުވައްމުލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ފުވައްމުލަކުން ޕޮޒިޓިވް ވެފައިވަނީ ފުވައްމުލަކުގައި ހޯމު ކަރަންޓީނުގައި ...

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ޖަނާޒާ ބާއްވައިފި

މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ޖަނާޒާ ބާއްވައިފިއެވެ. ޝައުނާގެ ކަށުނަމާދުކޮށްފައިވަނީ އިސްލާމީ ...

ރިޔާސީ އިންތިޚާބަށް ދާނީ އެއް ލައްކަ ވޯޓާއެކު: ރައީސް

އަމާޒަކީ ރިޔާސީ އިންތިހާބުގައި ވޯޓްލާއިރު އެއްލައްކަ ވޯޓުން ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ...