އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

advertisement

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ޤައުމުގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިޙާބުވި މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅިގެން ދައުލަތުން އައްޑޫ ސިޓީ އަށް ދޫކުރާ ބަޖެޓާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން ކައުންސިލްގެ މެންބަރުން ވަނީ، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު މިނިސްޓަރާ ޙިއްސާކުރައްވާފައެވެ. އަދި އައްޑޫ ސިޓީގައި ރިސޯޓު ހުޅުވުމަށް ފިނޭންސް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ސަރުކާރުން ދަނީ އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދި މިއަހަރުތެރޭ އިތުރު މަޝްރޫޢުތަކެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ އައްޑޫ ސިޓީ މަގުތަކާއި އެސިޓީގެ ބްރިޖް ހެދުމުގެ މަސައްކަތެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ މިމަޝްރޫޢުތަކުގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. އަދި މީގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެވެސް ބިޔަ މަޝްރޫޢެއް ފެށިގެން ކުރިއަށް އެބަދެއެވެ. އެގޮތުން އައްޑޫ ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ ތެރެއިން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ މި ބިންތަކުގައި ގެސްޓް ހައުސާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމަށް ވަނީ ރާވާފައެވެ.

އައްޑޫ ސިޓީއަކީ މާލެ ސިޓީއަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ. އެގޮތުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް ތިރީހަކަށް ހާހެއް މީހުން ދިރިއުޅޭ ކަމަށް ހިސާބުތަކުން ދައްކައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލްމާ ބޯޓު ފަރަށް އަރައިފ

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން ...

މޫސުމް ގޯސްވެ އުދައަރާފާނެ ކަމުގެ އިންޒާރު މެޓުން ދީފި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުދަ ...

ރާއްޖެއިން އޮމިކްރޯންގެ ކޭސްއެއް ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...