50 މެންބަަރުންގެ ސޮޔާއި އެކު އީވާ ވަކިކުރަން ހުށައަޅައިފި

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ މަޤާމު ވަކިކުރަން އެމްޑީޕީން ރައްޔިތުން މަޖިލީހަށް ހުށައަޅައިފިއެވެ. މި މައްސަލަ އެމްޑީޕީން ހުށައަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއި އެކުއެވެ.

އީވާ ވަކިކުރުމަށް ހުށައެޅި ގަރާރުގައި ސޮއިކުރައްވާފައިވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެޑާއިގަންނަވާ 49 މެމްބަރުންނެވެ. މީގެއިތުރުން އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲވެސް ވަނީ އިވާ ވަކިކުރުމަށް ހުށައެޅި ހުށައެޅުމުގައި ސޮއިކުރައްވާފައެވެ.

މީ އިވާ މަޖިލީހުގެ ނައިބް ރައީސްކަމުން ވަކިކުރުމަށް ހުށައެޅި ދެވަނަ ފަހަރުއެވެ. އިވާގެ މައްސަލަ އަނެއްކާވެސް ހުށައަޅާފައިމިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށައަޅާ އެ މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުބޭއްވި ވާ ދަނޑިވަޅެއްގައެވެ.

އީވާ އަބްދުﷲ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއްކަމަށާއި ނަޝީދު ވަކިކުރުމުގެ މައްސަލަގައި މަޖިލީހުގެ ރިޔާސަތާއި އީވާ ހަވާލުވެ މައްސަލައިން ތަނާޒުލްވާން އިންކާރުކޮށްފައިވަނީ އާއިލީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްކަމަށްވެސް އެމްޑީޕީގެ ހުށައެޅުމުގައިވެއެވެ. އަދި އެ ކަމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައެޅި މައްސަލަ މިދިޔަ މަހުގެ 29 ވަނަދުވަހުން ފެށިގެން އަންނަނީ މަޖިލީހުގައި ތާވަލުކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. މީގެކުރިން މައްސަލަ ކުރިޔަށް ނުގެންދެވީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާމް ފޮނުއްވަމުން ގެންދެވުމުންނެވެ.

އެ މައްސަލަ އެމްޑީޕީން ސުޕްރީމްކޯޓަށް ހުށައެޅުން މަޖލީހުގައި ރިޔާސަތު ބަލަހައްޓަވަން ހަމަޖެހިފައިވާ ކޮންމެ ބޭފުޅަކު ރިޔާސަތުގައި އިންނެވި ނަމަވެސް މަޖިލީހުގެ ޖަލްސާ ގެންދެވޭނެކަމަށް އެކޯޓުން ކަނޑައެޅުއްވުމުން އިއްޔެވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވަކިކުރަން ހުށައެޅި ގަރާރު މަޖިލީހުގެ ގަވައިދާ ހިލާފުކަމަށް ބުނެ އެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ނިންމަވާފައެވެ. އީވާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ފުރަތަމަ ޖަލްސާއަށް ސަލާމް ފޮނުވުމަށްފަހު އަލުން ބޭއްވި ޖަލްސާއަށް ވަޑައިގެން ރިޔާސަތުގައި އިންނެވުމަށްފަހުއެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ކޮވިޑް 19 ގެ ހާލަތު: : 24 ގަޑިއިރުގެ ތެރޭގައި ދެވަނަ ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.މިއީ ވޭތުވެދިޔަ އުވީސް ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި  ...

ޝީން އިން ރާއްޖެއަށް ފްރީ ޝިޕިންގ ކުރުން ހުއްޓާލައިފި !

ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރިކުރާ އޮންލައިން ބްރޭންޑެއް ކަމަށްވާ ޝީން އިން ރާއްޖެއަށް ފްރީ ޝިޕިންގ ކުރުން ހުއްޓާލައިފި ...

ރައީސް ސޯލިހް ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅައި ރޯނެ – ރޮޒެއިނާ

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅައި ރޯނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ...