ސްޕްރީމް ކޯޓުގެ ހުކުމާއެކު ނަޝީދުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ ނައިބް ރައީސް ނެތަސް ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމްކޯޓުން ނިންމުމާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދިއްތަ ދުވަހަށް ރައްޔިތުން މަޖިލީހުން އެޖެންޑާކޮށްފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވިގެން މަޖިލީހުގެ ގަވައިދު މާނަކުރުމަށް އެމްޑީޕީން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލަ ނިމުނީ އެޕާޓީއާ އެއްކޮޅަށެވެ.

އެ މައްސަލައިގެ ރިޔާސަތުގައި މަޖިލީހުގެ ނައިބް ރައީސް ނެތްނަމަ މަޖިލީހުގެ ރައީސް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ 5 މެމްބަރުން ކުރެ ކޮންމެވެސް އެއް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ސްޕްރީމްކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަސް މެމްބަރުން

– ޙަސަން ޢަފީފު / ވިލުފުށި ދާއިރާގެ މެމްބަރު
– އިބްރާހީމް ޝަރީފް / މަރަދޫ ދާއިރާގެ މެމްބަރު
– އަޙްމަދު ސިޔާމް މުޙައްމަދު / މީދޫ ދާއިރާގެ މެމްބަރު
– މުޙައްމަދު އަސްލަމް / ހިތަދޫ އުތުރު ދާއިރާގެ މެމްބަރު
– ޤާސިމް އިބްރާހީމް / މާމިގިލި ދާއިރާގެ މެމްބަރު

މި މެންބަރުންނަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެތެރޭގައި ހިމެނޭ މެންބަރުންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި ވަނީ 49 މެމްބަރުންގެ ސޮޔާ އެކުއެވެ. މި މައްސަލައިގައި ރައީސް ނަޝީދުގެ އިތުވާރު ނެތް ކަމަށް ވޯޓުދެއްވާނެ އިތުރު މެންބަރުންވެސް އެބަ ތިއްބެވި ކަމަށް އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތިބާރު ނެތްކަމުގައި މައްސަލަ އަންނަ އާދިއްތަ ދުވަހުގެ 09:00 އަށް އެޖެންޑާކޮށް މަޖިލީހުންވަނީ މެމްބަރުންނަށް ނޯޓިސް ފޮނުއްވާފައެވެ

މަސްދަރު: ޖަޒީރާ

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި

އައްޑޫސިޓީ ހުޅުދޫގައި  ކުރިއަށްގެންދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ހިތަދޫ މައިލޯ ...

ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތް ބެލުމުގެ ފުރުސަތު މިހާލަތުގައި ނުދެވޭނެ: ފުލުހުން

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ...

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ -މުއިއްޒު

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ ކަމަށާ  ޕީޕީއެމް ޕީއެންސީގެ ...