ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތް ބެލުމުގެ ފުރުސަތު މިހާލަތުގައި ނުދެވޭނެ: ފުލުހުން

advertisement

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އެފަދަ ކަންކަމަށް ތަނެއް ނުދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން. މިއީ، އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު،”

ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ ރޭ ފެށުނު ޔޫރޫ ފުޓުބޯޅަ މުބާރާތާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ. 

ރާއްޖޭގައި މިފަދަ މުބާރާތްތައް ކުޅޭއިރު ބޮޑު ސްކްރީން ބަހައްޓައިގެން މެޗުތައް ބެލުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. އެހެންނަމަވެސް މި ދަނޑިވަޅަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށަށްދާ ދުވަސްވަރަކަށްވެ މިފަދަ ހަރަކާތްތަކުގެ ސަބަބުން ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް އިތުރުވުމަކީ އެކަށީގެންވާ ކަމަކަށްވާތީ މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ .

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަންބުރު ޗެލެންޖް 2018

ގައުމުއެފްސީއާއި ޕޮލިސް ބައްދަލުކުރިމެޗް ގަންބުރި ޖެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ގައުމު ...

64 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 11 މީހަކު ބަލިން ރަގަޅު ވެއްޖެ

10 ޖުލައި 2020 ވީ ހުކުރު ދުވަހު ރާއްޖެއިން ކޮވިޑަށް 64 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި ...

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުުކުރަން ހުރަހެއް ނާޅާނަން: ރައީސް

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...