ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މިއަދު ބާއްވަން  އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ ވަގުތުނޫހުން އަސްލަމަށް ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.

” އެމްޑީޕީ ޕީޖީ ގްރޫޕުން އޮތީ ގޮތެއް ނިންމާފައި ކަމަށާއި އެއީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމެނީސް މަޖިލިހުގައި އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުން ،  އެހެން ކަމުން ކުރިން ވެސް ބުނި ގޮތަށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެން ގޮސް އެއްވެސް އެހެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ “

އަސްލަމްއާއި ހަވާލާދީ ވަގުތު އޮންލައިންގައި ބުނެފައިވެއެވެ.

ނަޝީދު ވަކި ކުރުމަށް ދެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް، ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާވަނީ ދެ ދުވަހަށް ސަލާމް ފޮނުވާފައެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މަސްދަރު: ވަގުތު

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ދާއިރާ އޮތީ ރައީސް ސޯލިހާއެކު- ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާ އެކީގައި ކަމަށާ އައްޑޫމީދޫ ދާއިރާގެ ތަރައްގީއަށް ...

ކުށް ސާބިތުވެ ޔާމިން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ...

ފޮޓޯއިން ޚަބަރު- ފޭދުން ދޫކުރި ގޯތިތައް ރަސްމީކޮށް ހަވާލު ކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައި ގަންނަވަނީ އައްޑޫސިޓީ ފޭދޫ އިން ދޫކޮއްފައިވާ 300 ގޯތީގެ އިން ވަކިކޮށް ...