ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އައްޑޫސިޓީގައި ބާއްވާ ބޮޑު އެއްވުން މިއަދު ހަވީރު

އައްޑޫ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެކީ ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ބާއްވާ ބޮޑު އެއްވުމެއް މިއަދު ހަވީރު ބާއްވަން ހަމަޖައްސަވައިފިއެވެ.

މިއަދު ހަވީރު މިބާއްވާ މިބޮޑު އެއްވުމަކީ އައްޑޫ ސިޓީ ކައުންސިލާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ބާއްވާ އެއްވުމެކެވެ.

މި އެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ އެކީ އައްޑޫ ރައްޔިތުން ތިބިކަން ހާމަކޮށް ދިނުމެވެ.

މި ބޮޑު އެއްވުން ހަވީރު 4:00 އިން 6:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ބަހައްޓާފައިވާފަންޑް ފޮށި ވެސް  މިއެއްވުން އޮންނަ ތަނުގައި   ބަހައްޓާފައި ހުންނާނެ އެވެ.

މި އެއްވުން ފަށާނީ މިއަދު ހަވީރު 4:00 ގައި ހިތަދޫ ސިޓީ ސްކެއާގައެވެ.

އެހެންވެ މި ހަރަކާތުގައި ވެސް ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އައްޑޫސިޓީ ކައުންސިލުން އެދިފައިވެ އެވެ.

މިހާރު ވެސް އައްޑޫގެ އެކިއެކި ފަރާތްތަކުން އަންނަނީ ފަލަސްތީނަށް އެހީވާން ފަންޑް ރެއިޒިން ހަރަކާތްތައް ހިންގަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެމްބަރު ވަހީދަށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަރާލަންޖެހޭކަމަށް ބުނެ ފޭސްބުކްގައި ލިޔުނު ނ. ކުޑަފަރީ ...

ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ...

ޔާމީން އަތުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން ދައުލަތުން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ...