މަކުނުދޫގައި އެއްޗެއް ގޮވުން: ނިޔާވި މީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވަކިވެފައި

ހދ.މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެފައިވާއިރު އެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަކިވަކިވެ އެކި ހިސާބަށް ވިއްސައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަކުނުދޫގައި މިއަދު ހަވީރު އެއްޗެއް ގޮވީ އެ ރަށު ބަނދަރު މަތީ ހުންނަ މަސް މާރުކޭޓު ސަރަހައްދުގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މުޅި މާރުކޭޓުގެ ހުރިހާ ބިއްލޫރިތައް ތަޅައިގެންދިޔައިރު ނިޔާވި މީހުންގެ ހަށިގަނޑުގެ ބައިތައް ވެސް ވަކިވެ އެކި ހިސާބަށް ވަނީ ބުރައިގެން ގޮސްފައެވެ.

އެގޮތުން އެކެއްގެ ނޭފަތް އޮތީ މާ ދުރުގައި ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން އެހެން މީހަކު ބުނީ އޭނާ ވެސް މީހެއްގެ ކަށިކޮޅަކާއި މަސްކޮޅެއް ދުށް ކަމަށާއި އެ ސަރަހައްދުގެ އެކި ހިސާބަށް ހަށިގަނޑުގެ ބައިތައް ބުރައިގެން ގޮސްފައިވާ ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި ގޮވީ ގޭސްފުޅިއެކެވެ. ނަމަވެސް އެކަން އަދި ސާފެއް ނުވެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަކުނުދޫ ގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެގޮތުން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި ދެ މީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ %70 މީހުންނަކީ ބިދޭސީން

ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ ...

ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ...