ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ޗެރިޓީ ރަން” މިއަދު ބާއްވައިފިއެވެ.

ބީއެމްއެލްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ބޭންކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ބައިވެރިވިއެވެ. ދުވުމަށްފަހު ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ބާއްވާ “ސްޓާފް ޗެރިޓީ ރަން”ގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން،” ޓިމް ސޯޔާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ “ބީއެމްއެލް ސްޓާފް ޗެރިޓީ ރަން” އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : މަނަދުއިން އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ

ނ.މަނަދުއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަނަދުއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 9 މީހުންނަކީ މި މަހުގެ ...

މަޝްހޫރު ވިޔަފާރިވެރި އެމް.އެޗް.އޭ.ގެ ބާނީ ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެ

މަޝްހޫރު ވިޔަފާރިވެރި  އެމް.އެޗް.އޭ.ގެ ބާނީ   ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެއެވެ. ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ...

އަމިއްލަ ދަނޑުގައި ސެލަޓަވީގޯ އަތުން ބަލިވެ ލީގު ހޯދުމުގެ ފުރުޞަތު ބާސެލޯނާއަށް ގެއްލިއްޖެ

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯ އަތުން ބަލިވެ ސްޕެނިޝް ލީގު ހޯދުމުގެ ފުރުޞަތު ބާސެލޯނާއަށް ގެއްލިއްޖެއެވެ. ބާސެލޯނާގެ ...