އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި ވެރިކަން ކުރާ އެމްޑީޕީން ތާއީދު ކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމަން ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ 8:30 ގައި މާލޭގެ އިމާދުއްދީން ސްކޫލުގައި ކުރިޔަށް ދާނީ ބޮނޑިބަތާއެކުގައި ކަމަށާއި އެ ސްކޫލްގެ ހޯލުގައި ޖާގަ އޮތް މިންވަރަކުން ދިވެހި ރައްޔިތުންގެ ތެރެއިން އާއްމު މެންބަރުންނަށް ވެސް ބައްދަލުވުން އަޑުއަހަން ވަދެވޭނެ ކަމަށެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފަ އެވެ. އެ ގަރާރު ފާސް ކުރީ އެމްޑީޕީ މެންބަރުންގެ ތާއީދާއެކު އެވެ. 

އެމްޑީޕީ ބައިބައިވެ ރައީސް މުހައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” ފެކްޝަނުން އުފެއްދި ޕާޓީ، ޑިމޮކްރެޓުން އިސްވެ ބަރުލާމީނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ފެށީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް 15،000 އަށް ވުރެ ގިނަ ވޯޓާއެކު ތިން ވަނައަށް ގޮސް އެ ޕާޓީއަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި  މޮޅުވާ ކެންޑިޑޭޓެއް ޑިސައިޑް ކުރުމުގެ ވަރަށް ބޮޑު ބާރަކަށް ވާ ޕާޓީއަކަށް އެ ޕާޓީ ބަދަލުވި ވަގުތު އެވެ.  

މަޖިލީހުގައި ގަރާރު ފާސްކޮށް ދިން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ނުލިބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުން ބަލިވެ ދެވަނަ ދައުރެއް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ގޮތް ނުވުމުން، އެ ނާކާމިޔަބީ އެއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 90 ޕަސެންޓް މެންބަރުންގެ އިތުރުން ޕާޓީގެ އާންމު މެންބަރުން ވެސް އަންނަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެ ކަމަށް ބުނަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މަނިކުފާނު ކުރިޔަށް ވަޑައިގަންނަވާނީ ރިޔާސީ ނިޒާމާއެކުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނިޒާމާ ދެކޮޅު އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައި ކެމްޕޭނެއް ވެސް ވަނީ ނުރަސްމީކޮށް ފަށާފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ރޭ ވަނީ ރިޔާސީ ނިޒާމު ނޫން ނިޒާމެއް ގެންނަން ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭ އާއި އެމްއެންޕީ ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅެވެ.

ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން އިސްވެ އޮވެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކެމްޕޭން ކުރަމުން އަންނައިރު އިލެކްޝަނުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރު ކަމަށާއި އެކަމަށް 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބުނެފައެވެ.  

ނަމަވެސް އެކަން ކުރުމަށް ސާފުވާންޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ސާފު ކުރުމުގެ މައްސަލަ ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގައި މިއަދު ވަނީ ބަހުސެއް ފަށާފަ އެވެ. 

advertisement






  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީކައުންސިލަރުން ހުވާކުރުން މާދަމާ އައްޑޫ ހައިސްކޫލްގައި

އައްޑޫސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުން ހުވާކުރުން މާދަމާ އައްޑޫ ހައި ސްކޫލްގައި ބާއްވާގޮތައް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ...

ރައީސުގެ އަނބިކަނބަލުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން ނެރުއްވި “މައި ޓްރެވަލްސް ޓު އެފްރިކާ” ފޮތް ނެރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ތުރުކީގެ ...

ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސަލްމާން ހާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަށްފަހު ޖަލަށް ގެންގޮސްފިއެވެ. ...