ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރޭ: ރޮޒައިނާ

ސިޔާސީ މަގުސަތުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރޮޒައިނާ ނެރުނު ބަޔާނެއްގައި ވަނީ އަންހެނުންނަށްކުރާ ޖިސްމާނީ އަނިޔާ އާއި، ގެވެށި އަނިޔާ ކުށްވެރިކޮށްފައެވެ. އަދި މީގެ އިތުރުންވެސް އަންހެނުންނަށް އަމާޒުކޮށް މީސްމީޑިއާފަދަ ޕްލެޓްފޯމްތަކުގައި ދޭ ނަފްސާނީ އަނިޔާ ވެސް ކުށްވެރިކުރައްވާކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމަށް ލީޑާޝިޕަށް އަންހެނުން އައުން މުހިންމުކަމަށް ފާހަގަކޮށް، ރޮޒައިނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރޮޒައިނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ސިޔާސީ މަސައްކަތް ކުރާ އަންހެނުންނާއި އަންހެން އެކްޓިވިސްޓުންނަށް ކުރާ ނަފްސާނީ އަނިޔާގެ ސަބަބުން އެކަމަށް ހުރަސްއެޅޭކަމަށެވެ. ސިޔާސީ ޕާޓީތަކަކީ އަންހެނުން ގާނޫނު ހަދާ މަޖިލީހަށް ނުވަތަ ސަރުކާރާއި ގުޅުވައިދޭ އެންމެ މުހިންމު، އަދި ސިޔާސީ މަޝްރަހުގައި އަންހެނުންގެ ދައުރު ފުޅާކުރެވޭވެސް އެއް ވަސީލަތް ކަމަށް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ. އަދިި އެއީ އަންހެނުން ބާރުވެރިކުރުވާ އަންހެނުންގެ ހައްގުތަކަށްޓަކައި ވަކާލާތުކުރެވޭނެ މުހިންމު އެއް ވަސީލަތްކަމަށްވެސް ރޮޒައިނާ ވަނީ ފާހަގަކޮށްފައެވެ.

އަންހެނުންނަށް ޖިންސީ ފުރައްސާރަވެސް ކުރާކަމަށް ފާހަގަކޮށް ރޮޒައިނާ ވިދާޅުވެފައިވަނީ، އަންހެނުންނަށް ދެމުން ގެންދަނީ ހަމައެކަނި ބަހުގެ ހަމަލާތައް ނޫން ކަމަށެވެ. އަދި އަންހެނުންގެ ގައިގައި ހުންނަ ސިފަތަކަށް މަލާމަތްކޮށް ސޯޝަލް މީޑީއާގެ ވަސީލަތްތައް މެދުވެރިކޮށްވެސް މިހަމަލާތައް ދެމުން އަންނަކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ފިރިހެނުންގެ އިތުރުން އަންހެނުންވެސް ބައިވެރިވާކަމަށް ފާހަގަކޮށް އެކަމަނާ ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި އޭނާ ވަނީ ސިޔާސީ ތަފާތުކުރުންތައް ނުބަލާ އެންމެންނަށްވެސް އިހުތިރާމުކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓުވުމުގައި ފިރިހެނުންގެވެސް އެއްބާރުލުން ލިބޭކަމަށް ފާހަގަކޮށް ރޮޒައިނާ ވިދާޅުވެފައިވަނީ، އަންހެނުން އެކަކު އެނެކަކަށް އެއްބާރުލުން ނުދެނީނަމަ މިކަން ހުއްޓުވުމަކަށް ނުގެނެވޭނެކަމަށެވެ. އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރުމުގައި އެކަކު އަނެއްކަކަށް އެއްބާރުލުން ދޭން ޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރެވި، އަންހެނުންގެ ހައްގުތައް ކަށަވަރުކުރެވޭނީ މި މަގުން މަސައްކަތްކޮށްގެންކަމަށް ރޮޒައިނާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އެކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ދަށްކޮށްނުލުމަށް ރޮޒައިނާ ވަނީ އެދިފައެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް އެއްބާރުލުންދީ، ކުރިއެރުމުގައި އެހީތެރިވެދިނުމަށްވެސް ރޮޒައިނާ ވަނީ އެދިފައެވެ.

މަސްދަރު : ސަންގު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންހެނުން ކޮމެޓީގެ ރައީސާއަކަށް މަރަދޫ ދާއިރާގެ ނުސްރާ ، އަދި ނައިބަކަށް މީދޫ ދާއިރާގެ ނައުމާ

އައްޑޫސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަމަށް މަރަދޫ ދާއިރާގެ މެންބަރު ނުސްރަތު ރަޝީދު އަދި ނައިބު ...

މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

އައްޑޫ ސިޓީ މަރަދޫފޭދޫގައި  މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޙަމްވި މީހާ ހުކުރު ...

ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްގެ “ތިލައުތުރު އެވޯޑް 2023” ދޭ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާއިރު، އެ ...