ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ -މުއިއްޒު

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ ކަމަށާ  ޕީޕީއެމް ޕީއެންސީގެ  ސަރުކާރެއްގައި މަސައްކަތް ކުރާނީ ގައުމާއި ރައްޔިތުން އިސްކޮށްގެންޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ރ. އަނގޮޅެތީމުގައި މިއަދު އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.  
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަން ދޭންޖެހޭ ހިދުމަތް ދުވަހުން ދުވަހަށް ދެވޭނެ ގޮތަށް ނިޒާމު ފުރިހަމައަށް އެކުލަވާލައި ކަންކަން ފުރިހަމައަށް އިންތިޒާމު ކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހުރިހާ ކަމެއްވެސް ނިންމާނީ ރައްޔިތުންނާ ވާހަކަދައްކާ މަޝްވަރާ ހޯދައިގެން ކަމަށާއި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރައްޔިތުންނަކީ ވަރަށް މުހިއްމު ބައެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ ލޯކަލް ކައުންސިލްތައް ކަމަށްވާތީ ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ ބާރާއި އެހީތެރިކަން އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ފޯރުކޮށްދެމުން ގެންދަވާނެކަމަށެވެ.

“އުނޑާއި ބިމާހާ ތަފާތުވާނެ އަޅުގަޑުމެންގެ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް. ތަފާތުވާނެ،”

މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމެއްގައި ރ. އަނގޮޅިތީމަށް ކޮށްދެއްވާނެ ބައެއް ކަންކަންވެސް މުއިއްޒު މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިއްސާކުރެއްވި އެވެ.

 މިގޮތުން ރަށުގެ ވަށައިގެން ދުއްވޭ ގޮތަށް ބޮޑު މަގާއި ރަށުގެ ބޮޑެތި އެހެން މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދިނުމަށާއި ސުކޫލުގެ ޖާގައިތުރުކޮށް މަލްޓިޕާޕަސް ހޯލެއް ހަދައިދީ ސިއްހީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީ ގާއިމުކޮށްދެއއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ރައްޔިތުން މޫދަށް އެރެމަށް ހާއްސަ ތަނެއް ހަދައިދީ އަދި ޕޮލިސް ސްޓޭޝަނެއް ގާއިމުކޮށްދެއްވުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެން މީޓަރުން ނަގާ 30 ރުފިޔާގެ ފީ ރައީސް މާފުކޮށްދެއްވައިފި

ފެނަކަ ކޯޕަރޭޝަނުން ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާގެ ފީ ރައީސް އިބްރާހިމް ...

އެކުވެރިކަމުގެ މެޗުގައި ފުވައްމުލަކުން މީދޫޓީމް ބަލިކޮށްފި

މީދޫ އަންހެން ވޮލީޓީމާއި ފުވައްމުލަކު ކުއީން ވޮލީޓީމާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް ކުއީން ވޮލީޓީމް ކާމިޔާބުކޮށްފިއެވެ. ޔާސީންގެ ...

ދައުލަތަށް ލޯނު ލިބޭނީ ގޯތި ގެދޮރު ރަހުނު ކޮށްފައެއްނޫން: ނަޝީދު

ދައުލަތުގެ މާލީ ހާލަތު ދަށްވެ، ބޭރުގެ ފަރާތްތަކުން ލޯނު ލިބޭނީ، އަމިއްލަ ގޯތި ގެދޮރު ރަނުހު ކޮށްފައި ނޫންކަމަށް ...