ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދާނަން

ރާއްޖޭގެ ކައުންސިލްތައް ބާރުވެރި ކުރުވާނެކަމަށާއި، އެކަން ކުރައްވާނީ ވަކި ޚާއްސަ މިނިސްޓްރީއެއް އުފައްދަވައިގެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ހއ އާއި ހދ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުންނެވެ.

އދ.އަށް ފަތުރުވެރިކަން ފުޅާކޮށް އެއަތޮޅަށް ދިރުން ގެނުވާނަން

ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވިދާޅުވީ، ކައުންސިލްތަކަށް ބާރު ދީފައި އޮތްކަމަށް މިހާރުގެ ސަރުކާރުން ބުނިނަމަވެސް އެކަން ކައުންސިލްތަކުން ފެންނަމުން ނުދާކަމަށާ، އެއީ ނަމެއްގައި ދީފައި އޮތް ބާރެއްކަމަށެވެ. ކައުުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުން ލިބިދޭ ފުރިހަމަ ބާރު ހޯދައިދެއްވާނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައިކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

“ތިންބާރަކަށް ދުސްތޫރީވެރިކަން މިއޮންނަނީ އޭގެތެރެއިން ކައުންސިލްތައް މި ވަންނަނީ ސަރުކާރުން ވެރިކަމުގެ ބާރުގެ ތެރެއަށް ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އޮފީހާ އަދި އެނޫންވެސް ވުޒާރާތަކާ ހަމައަށް ގެނެސްދޭނީ ކައުންސިލްތަކުން އަޅުގަނޑުމެންގެ ވެރިކަމެއްގައި ކައުންސިލްތައް މިހާރަށްވުރެ ބާރުވެރިކޮށް ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރިހަމަ ބާރުދޭނަނަން”

ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ބޭއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުވަނީ މިރަށްރަށުގައި ތަރައްޤީއަށް ފަށާފައި ހުރި ގިނަ މަޝްރޫޢުތައް ނުނިމިވާކަން ފާހަގަކުރައްވާފައެވެ. އަދި ޕީޕީއެމްޕީއެންސީގެ ވެރިކަމެއްގައި މިމަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްވަމުން ޑރ މުއިއްޒު ވިދާޅުވީ އެރަށަކީ ބޮޑު ރަށަކަށް ވުމާއެކު މެނިފެސްޓޯގައި އެކުލަވާލާފައިވާގޮތަށް އިޤްތިސާދީ މަންފާ ގެނުވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޑރ މުއިއްޒު ވަނީ ދެއްވާފައެވެ.

އިޤްތިސާދީ ހަބަކަށް ނޮޅިވަރަންފަރު ހަދާނަން

އިޤްތިސާދީ ހަބަކަށް ނޮޅިވަރަންފަރު ހަދާނަން

އޭގެ އިތުރަށް އެރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމާއި، ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމާއި ޞިއްޙީ ނިޒާމް ފުޅާކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންދަން ފަށައިފި

އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންދަން ފަށައިފިއެވެ. ކުރިން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަވަހަށް ...

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ...

އައްޑޫ ސިޓީ ކައުންސިލް: ޑެޕިއުޓީ މޭޔަރަކަށް މެދުވަލު ދާއިރާގެ މެމްބަރު ޝުއާއު އައްޔަންކޮށްފި

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރުގެ ...