ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހެދުނު ގޯސްތައް ދެނެގަނެވިފައިވާ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާއިރު، ވޯޓުލާން މީހުން ނުކުމެފައި ވަރަށް މަދުން ކަމަށެވެ. އެގޮތުން، މިފަހަރު ވޯޓުލާން ނުކުތް މީހުންގެ އަދަދު %80 އަށް ވެސް ނާރާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސް ވިދާޅުވީ މީގެކުރިން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގައި %88 އަށް ވުރެ މަތިން ވޯޓުލާން މީހުން ނުކުމައިވާކަމަށެވެ. އަދި ވޯޓުލާ މީހުންގެ އަދަދު %90 އަށް ވެސް އަރާފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

“އެކަމަކު، މިފަހަރު %79 ކޮންމެވެސް ވަރެއް، %80 ވެސް ހަމަނުވޭ. މިއީ ރާއްޖޭގެ އިންތިހާބުތަކުގައި މީގެކުރިން ދިމާވެފައި ހުރި ގޮތެއް ނޫން. އަޅުގަނޑަށް ހަމަ ޔަގީން މަސައްކަތް ކުރެވިއްޖެ ނަމަ، މިއަށް ވުރެ ރަނގަޅު ޓާން އައުޓެއް ނެރެވޭނެ،” 

ރައީސް ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން އެމްޑީޕީއަށް މީހުން ނުނެރެވުނު ސަބަބާއި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ވަރަށް ރަނގަޅަށް ރާވައި، އެކަންކަން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިންތިޒާމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޯޓުލާން ނުދިޔަ މީހުންގެ ތެރޭގައި އެމްޑީޕީގެ ވޯޓުތައް ހިމެނޭ އިރު، ކުރިއަށް އޮތް ތަނުގައި އެމީހުން ވޯޓުލާން ނެރެވޭނެ ގޮތްތައް ބަލަން ޖެހޭ ކަމަށެވެ.

“ދަތުރު ނުރޭވުނީތޯ އަޅުގަނޑުމެންނަށް. ޓްރާންސްޕޯޓް ނުދެވުނީތޯ؟ ނޫނީ ގަޑިއަށް އައުމަށް ފަރުވާ ކުޑަ ކުރެވުނީތޯ؟ މިގޮތަށް ބަލައިގެން ލިސްޓުތައް އެ ހުރީ ތައްޔާރު ކުރެވިފައި. ތިޔަބޭފުޅުން ކޮންމެ ފޮއްޓެއް ވަކިން މިހާރު ވާނީ ތައްޔާރުކޮށްފައި. އެއާއެކީގައި ކުރިއަށް ވަޑައިގަންނަވަންވީ.” 

ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑަށް ޔަގީންކަން އެބައޮތް މިއޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ،”

ރައީސް ވިދާޅުވިއެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖާބިރުގެ ޔޮޓެއް ފަރަށް އަރައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް މަރާމާތަށްފަހު މޫދަށް ބާލައިގެން ދުއްވަނިކޮށް ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ...

ދިރާގު ފައިބާ ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ރައުޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން، އެ ކުންފުނީގެ ފިކްސްޑް ...

އަތޮޅުތަކުގައި ބާއްވާ މިއަހަރުގެ ފުރަމަ އިޙްޔާ ފޯރަމް އައްޑޫސިޓީ ހިތަދޫގައި ބާއްވައިފި

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން ...