އެމްޑީޕީ ގެ ދާއިރާތަކުގެ ކެމްޕޭނަށް ބަދަލުތަކެއް ގެނެސް، އައު ހިތްވަރަކާއެކު ކެމްޕޭނު ފެށުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު ނުކުމެވަޑައިގެން އަދަދު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ސާލިޙު ވިދާޅުވީ، ކެމްޕޭނު އަލުން ފެއްޓެވުމަށްޓަކައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވެފައިވާ މައްސަލަތައް ބެލުމަށްފަހު، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށްވެސް އިތުރު ބައްދަލުވުންތައް އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ރޭވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިންތިޚާބުގައި ހެއްދެވިފައިވާ ގޯސްތަކާއި، ރަނގަޅު ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން މިހާރު ސާފުވެވަޑައިގެންފައިވާ ކަމަށާއި، އިންތިޒާމުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އެގޮތުން ދާއިރާތައް އެކި މެންބަރުންނާ ޙަވާލު ކުރެއްވުމުގައި ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިސާލަކަށް ދާއިރާތައް ބެހުމުގައި މާ ބޮޑުކޮށް މީހުންނާ ހަވާލު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވޯޓުލުމަށް ބާރުއެޅުމާއި، ކޯލިޝަނާއެކު ކުރިއަށް ދިއުމަށް ޕާޓީގެ ތެރޭގައި ކުރަންޖެހޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

އަދި އިތުރަށް ކެމްޕޭނު ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަސްދަރު: ރާއްޖެ އެމްވީ


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވައްކަން ކުރީ ކާކު ކަން އެނގޭ، އިބޫ ވައްކަން ކުރިކަމަށް ބުނުމުން ރައްޔިތުން ގަބޫލު ނުކުރާނެ: ރޮޒެއިނާ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައްކަން ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް ...

ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުންތަކަށް ހައްލެއް

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ ސިއްހީ ...

ނޭމާ ނުލިބިދެކަމަށް ބަލައި ސަންޗޯ ހޯދުމުގެ މަސައްކަތް ބާސާއިން ފަށައިފި

ޕީއެސްޖީއަށް ކުޅެމުންއަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ނޭމާ ނުލިބިއްޖެނަމަ ބްރޯޝިއާ ޑޯޓްމަންޓަށް ކުޅެމުންއަންނަ އިންގްލެންޑް ސަންޗޯ ގަތުމަށް ...