ދެވަނަ ބުރުގައި ކުރިއަށްދާނީ ރައީސް ޔާމީންގެ މަޝްވަރާގެ މަތީން -މުއިއްޒު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ މަޝްވަރާގެ މަތީން ކަމަށް ޕީޕީއެމްގެ/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ހޯދި ބޮޑު ކާމިޔާބީއަށް ފަހު އިންތިޚާބުގެ ދެވަނަ ބުރަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރަކަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށެވެ.

އަދި ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއިދާއިއެކު ސާފު އައުލަބިއްޔަތަކުން މިއިންތިޚާބު ކާމިޔާބު ވާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅަކަށް އެދޭނެކަމަށެވެ. އަދި ރައީސް ޔާމީންގެ ލަފާފުޅަށް ދެ ޕާޓީގެ ލީޑަރޝިޕްގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މުއިއްޒު ވަނީ އިންތިޚާބުގައި މިހާތަނަށް ލިބުނު ކާމިޔާބީގައި ދިވެހި ރައްޔިތުން ދެއްވި ތާއީދާއި ކުރެއްވި އިތުބަރަށް ފަށް ފަށުން ޝުކުރު އަދާ ކުރައްވާފައެވެ.

މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ތާއިދާއިއެކު ބޮޑު ކާމިޔާބެއް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވާނެ ބޭފުޅަކީ ރައީސް ނަޝީދުފެ ޑިމޮކްރެޓްސްއެވެ. އަދި އުމަރު ނަސީރާއި، ޑރ. މުއިއްޒާއި، ނާޒިމް އަދި ފާރިސްގެ ތާއީދުވެސް ދެވަނަ ބުރުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް މުހިންމު ވާނެއެވެ.


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިވެހި ތާރީޚްގައިވެސް އެންމެ ބޮޑަށް އޮޅުވާލީ ފާއިތުވި ރިޔާސީ އިންތިޚާބުގައި- އިބްރާހިމް ދީދި

ދިވެހި ތާރީޚުގައިވެސް ބޭއްވި އިންތިޚާބުތަކުގެ ތެރެއިން އެންމެ ބޮޑަށް އޮޅުވާލި އިންތިޚާބަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ...

ނިޒާމު ބަދަލުކުރަން ހިޔާލު ހޯދަން ރައީސްވެސް މަރުހަބާ ކިޔާނެ: މަބްރޫކް

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ...

ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކު، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ: އިލްޔާސް

މަޝްވަރާއަށް ދާނީ ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކުގައި ކަމަށާއި، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ މަގު ހުޅުވިފައިވާކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ...