ރައީސު ސޯލިހު، ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހުޅުއްވައި ދެއްވީ، ބުރާސްފަތި ދުވަހުގެ ހެނދުނު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. .

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ހުޅުދޫ އައު ބަނދަރު މަޝްރޫޢު ކުރިޔަށް ގެންގޮސްފައިވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެންނެވެ. މިމަޝްރޫޢުގެ ދަށުން، އާ ބަނދަރެއް ކޮނެ ބަނދަރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށި ބޮޑު ހިލަ ބޭނުންކޮށްގެން ޖަހާފައިވެއެވެ.

އަދި ނެރުބައްތިއާ ބަނަދރު ބައްތި ޖަހައި، ޕޭވްމެންޓް ހެދުމުގެ އިތުރުން މިމަޝްރޫޢުގެ ތެރެއިން، ބަނދަރުގެ ބޭރުން މޫދަށް އެރެން ޚާއްޞަ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

މިގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި މިދައުރުގެ ތެރޭގައި ވަނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގަވާފައެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” ސޮއި 19 ” ގެ ނަމުގައި %20 ގެ ޑިސްކައުންޓްލިބޭ ފިހާރައެއް މިރޭ މީދޫގައި ހުޅުވެނީ

” ސޮއި 19 ” ގެ ނަމުގައި އަންނައުނު ވިއްކާ ފިހާރައެއް މިރޭ 8:00 ގައި މީދޫގައި ހުޅުވާގޮތައް ...

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...

ޤާނޫނު އަސާސީ އިސްލާހުކުރަން ސްޕްރީމް ކޯޓުން ލަފާދީފި

ޤާނޫނު އަސާސީ އިސްލާހުކުރަން ސްޕްރީމް ކޯޓުން ލަފާދީފި އެވެ. ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން ދައުރު ...