ދެވަނަ ދައުރު ރައީސް ކާމިޔާބުކުރައްވާނީ 56 އިންސައްތައަށްވުރެ މަތިން – ފައްޔާޒް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެން މަތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން, ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ، މާލޭގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ މި ކެމްޕޭންގައި އޭނާ ބަލަހައްޓަވާ ޑޭޓާތަކުން ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، ރައީސް ސޯލިހް މި އިންތިޚާބު އެއް ބުރުން އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.

“މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން,” 

ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދައި އިންތިހާބަށް ނުކުމެވަޑައިގެން ކުރައްވާ މަސައްކަތަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، އެއީ އަމިއްލަ އެދުމުގައި ނުކުމެ އަނިޔާވެރިކަން އިޔާދަކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

“ވެރިކަން ނުލިބުނީމާ ނޫނީ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް ސަރުކާރުގައި ބައިވެރިނުވެވުނީމާ އެއީ ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން,” 

ފައްޔާޒް ވިދާޅުވި އެވެ.

އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަށް މި އިންތިޚާބުން ލިބިވަޑައިގަންނަވާނީ  ހަތަރު ވަނަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“މިއަދު މިފެންނަނީ ރާއްޖޭގައި މެޗުއަރ ޑިމޮކްރަސީއެއް އޮތްތަން، ސަބަބަކީ އެމްޑީޕީގެ ބާރު ނަޝީދު އަތުން ކެނޑިގެންދިއުން” – މޫސަ

މިއަދު މިފެންނަނީ ރާއްޖޭގައި “މެޗުއަރ ޑިމޮކްރަސީއެއް” އޮތްތަންކަމަށާ އޭގެ ސަބަބަކީ އެމްޑީޕީގެ ބާރު ނަޝީދު އަތުން ކެނޑިގެންދިއުންކަމަށް ހުޅުހެންވޭރު ...

ސަރުކާރުގެ އިދާރާތަކަށް މެސެޖަކުން ކަންކަން ހުށަހަޅަން ހުޅުވާލައިފި

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ގާއިމުކޮށްފައިވާ، އޮންލައިން ޕްލެޓްފޯމް gov.mv މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ...

ލިންކު ލޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ. ލިންކް ރޯޑުން ހިތަދޫގައި ހުންނަ ...