ލާމު އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދޭނަން – ރައީސް

ލާމުގައި ހިންގާ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިހާރު ލާމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތް ނިމި މިހާރު އޮތީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށެވެ.

އޭރުން މިތަނަށް ބޭރުން ސީދާ ފްލައިޓް ތައް ޖެއްސޭނެ. އަޅުގަނޑުމެން ބޭނުންވަނީ މިތަނުގައި ޓުއަރިޒަމްގެ ބޮޑު މަސައްކަތްތަކެއް ފަށަން. މިކަން ކުރެވެން އަންނާނީ މިދެންނެވިހެން ފަސޭހައިން ރާއްޖެއިން ބޭރުން މިތަނަށް ދަތުރުކުރެވޭނެ ގޮތެއް އޮވެގެން. އިރާދަކުރެއްވިއްޔާ މި އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދިޔައީމަ މިދެންނެވި މައްސަލަ ހައްލުވެގެންދާނެ

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި އެއާޕޯޓު ހުޅުވިގެންދާތަން ފެނިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މެޑިކަލް ޓުއަރިޒަމާއި ސްޕޯޓްސް ޓުއަރިޒަމް އެތަނުގައި ތަރައްގީކުރުމުގެ އަމާޒެއް އެބައޮތް ކަމަށެވެ. އަދި ގަމުގައި ސްޕޯޓްސް އެރީނާ ތަކެއް އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ތަރައްގީކުރައްވާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށް- ނަޝީދު

މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަން އިންޑަސްޓްރީ (  މަޓީން )  ...

އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިއުތިމާސްކޮށްފި

ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މި ...

ވެއްޓުނު ފުލައިޓުން ދަތުރުކުރި ދިވެހި ދަރިވަރުގެ ހާލު ރަނގަޅު: ޑރ. ޝަނީޒް

ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު މަތިންދާ ބޯޓުން ދަތުރުކުރި ދިވެހި ދަރިވަރަށް އެ ހާދިސާގައި މާބޮޑު ...