މަސައްކަތްތެރިންގެ ހައްޤުތަކާއި ގުޅޭ ބިލުތައް ފާސްކޮށް މިއަހަރު އަމަލު ކުރެވޭ ގޮތް ހަދައިދޭނަން

މި އިންތިހާބު ނިމުމާއެކު މަސައްކަތްތެރިންގެ ހައްގުގައި ފާސްކުރަން ޖެހޭ ބިލުތައް ފާސްކޮށް މި އަހަރު ތެރޭގައި އެއަށް އަމަލުކުރެވޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބ. ކެންދޫގައި މިއަދު ބޭއްވި ކެމްޕޭން ބައްދަލުވުމުގައި  ވާހަކަފުޅު ދައްކަވަމުންރައީސް ވިދާޅުވީ އައިއާރް ބިލާއި، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ފަދަ މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރާއިރު ބޭނުންވާ ރައްކާތެރިކަމާއި މަސައްކަތުގެ ތެރޭގައި އުޅޭއިރު ދިމާވާ ކަންތައްތައް ހައްލުކުރުމުގައި ޓީމެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މި ބިލުތަކުގެ މަސައްކަތް ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި އޮއްވާ މަޖިލީހުގައި ކުރިޔަށް ނުގެންދެވިދާނެ ކަމަށާއި، އެހެންނަމަވެސް އިންތިހާބު ނިމުމާއި އެކީގައި އިރާދު ކުރެއްވިއްޔާ މަސައްކަތެރިންގެ ހައްގުގައި ދެން އިތުރަށް ފާސްކުރަންޖެހޭ ބިލުތައް މަޖިލީހުގެ ތެރެއިން ފާސްކޮށް އެކަމަށް އަމަލުކުރެވޭގޮތް މިއަހަރު ތެރޭގައި ހައްދަވައިދެއްވާނެ ކަމަށެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވޭ

ހުޅުދޫއާއި މީދުން މިއަދު ނެގި އެއްވެސް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތު ...

އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ ...

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ. ...