ނައިޖީރިޔާގައި މިސްކިތެއް ވެއްޓި ބަޔަކު މަރުވެއްޖެ

އެފްރިކާ ބައްރުގެ ހުޅަނގުގައި އޮންނަ ނައިޖީރިޔާގައި މިސްކިތެއްގެ ބައެއް ވެއްޓި ހަތް މީހުން މަރުވެއްޖެއެވެ. މި ހިތާމަވެތި ހާދިސާ ހިނގާފައި ވަނީ ޒަޒާވީ ޢިމާރާތް ކައުންސިލްގެ ވެރިރަށް ކަމުގައިވާ ޒާރިޔާގައެވެ. ވެއްޓިފައި ވަނީ ޒާރިޔާ ސެންޓްރަލް މިސްކިތުގެ ބައެކެވެ. މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ނައިޖީރިޔާގެ އޮފިޝަލުން ވިދާޅުވިއެވެ.

މިސްކިތުގެ ބޮޑު ބައެއް ވެއްޓިފައި ވަނީ ނަމާދު ވަގުތު ގިނަ ޢަދަދެއްގެ މީހުން މިސްކިތަށް އަރައި ތިބި ވަގުތެއްގައެވެ. މި ހާދިސާ ހިނގި ވަގުތު މިސްކިތުގައި ސަތޭކައަށްވުރެ ގިނަ މީހުން ނަމާދު ކުރަން އަރާ ތިބި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ޒަޚަމުވި މީހުންގެ ފުރިހަމަ ޢަދަދު އަދި ސާފެއް ނޫނެވެ.

ވެއްޓިފައިވާ ޢިމާރާތުގެ ބައިތަކުގެ ދަށުން ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކޮށްފައިވާއިރު، ކޮންކްރީޓާއި ގައުކުނޑީގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ސަލާމަތް ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެފައި ނުވާއިރު، އެ ކަން ސާފުކުރަން ތަހުޤީޤު ފަށާފައިވާ ކަމުގައި ނައިޖީރިޔާގެ ސަރުކާރުން ބުނެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން ޒަޒާވީގެ އަމީރު މަލާމް އަޙްމަދު ނޫޙު ބާމިލީ ވިދާޅުވީ މިސްކިތުގެ ފާރުގައި ބޮޑު ރެނދެއް ލާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމުގައެވެ.

މި ހާދިސާ ހިނގާފައި ވަނީ ރެނދު އަޅާފައިވާ ފާރު މަރާމާތު ކުރުމުގެ މަސައްކަތް އިންޖިނޭރުންގެ ޓީމަކާ ހަވާލުކޮށްފައި ވަނިކޮށް ކަމުގައި ވެސް ބާމިލީ ވިދާޅުވިއެވެ. ވެއްޓިފައިވާ މިސްކިތަކީ މީގެ ގަރުނެއް ކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ. ނައިޖީރިޔާގެ އެކި ކަންކޮޅުތަކުގައި ހުންނަ ދުވަސްވީ ޢިމާރާތްތައް ވެއްޓުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަލަސްތީނުގެ 1،000 މީހުންނަށް ވާދޫން ބިން ދޫކުރަން މަޝްވަރާ ކުރަނީ

ފަލަސްތީނުގެ 1،000 މީހުންނަށް ގދ. ވާދޫން ބިން ދޫކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެ ...

އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!

ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ...

އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކޮށްފި

އީރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން ...