ފަލަސްތީނުގެ 1،000 މީހުންނަށް ގދ. ވާދޫން ބިން ދޫކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ބިން ދޫކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމެވުމަށް ވާދޫ ކައުންސިލަށް ހުށަހެޅުއްވީ އެކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.

“އަޅުގަނޑުމެން ނިންމީ ފަލަސްތީނުގެ 1،000 މީހުންނަށް މި ރަށުން ބިން ދިނުމަށް. އަޅުގަނޑުމެން އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އޯގަނިޒޭޝަނަކާއެކު މިކަމާ ގުޅިގެން މަސައްކަތް ކުރާނަން. އަދި ދިވެހި ސަރުކާރާވެސް މަޝްވަރާ ކުރާނަން”  

އޮންލައިންނޫސް “ވަން” އަށް މައުލޫމާތު ދެމުން ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި، އޭނާގެ އެހުށަހެޅުމުގެ ބޭނުމަކީ ފަލަސްތީނު ރައްޔިތުން، އެ މީހުންގެ ވަޒަން ދޫކޮށް އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ، ވާދޫއަށް ހިޖުރަކުރެވެން އޮތްކަން އެ ގައުމުގެ ރައްޔިތުންނަށް އަންގައިދިނުން ކަމަށެވެ. އަދި ކައުންސިލާއި ވާދޫގެ ރައްޔިތުންވެސް ބޭނުންވަނީ ފަލަސްތީން ރައްޔިތުން އެ ރަށަށް ހިޖުރަކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ދޭންކަމަށް ހަސަން ވިދާޅުވިއެވެ.

“މީގެ އިތުރަށް އަޅުގަޑުމެން ރައްޔިތުންނާ މަޝްވަރާ ކުރީ އިޒްރޭލު މީހުންނަށް ރަށުގެ ސާފިން ޕޮއިންޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް. އަދި ވާދޫއަށް އިޒްރޭލު މީހުންނަށް ނާދެވޭ ގޮތް ހެދުމަށް،” އޮންލައިން ނޫސް ” ވަން ” އަށް މައުލޫމާތު ދެމުން ހަސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވާދޫއަށް ބަދަލުވާ ފަލަސްތީން ރައްޔިތުން އާމްދަނީ ހޯދުމުގެ މަސައްކަތެއް ކުރުމުގެ ގޮތުން އެ ރަށުން ދަނޑު ބިންތައް ދިނުމަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މަސްދަރު: ވަން އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮންކްރީޓް އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއް – ނަޝީދު

މުޅި މާލެ ފުރާ ކޮންކްރީޓު އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ...

އިދިކޮޅު މެންބަރުން ފަނޑިޔާރުންގެ ވާހަކަދައްކާކަށް މާކަ ރީއްޗެއްނޫން: ރޮޒޭ

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން، ފަނޑިޔާރުންގެ ވާހަކަދައްކަވާކަށް ”މާކަ ރީއްޗެއްނޫން“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ...

ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހުޅުދޫގައި އިމާރާތްކުރާ މިމިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ” ...