ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެޕާޓީން ވަކިވެވަޑައިގެންފިއެވެ. 10 އަހަރަށްފަހު ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން ޑރ.ވަޙީދު ހާމަކުރެއްވީ ޓްވިޓާގައި އިނގިރޭސިބަހުން ދެންމެ ޢާންމުކުރެއްވި ބަޔާނެއްގައެވެ.

ޕީޕީއެންއިން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ޑރ. ވަހީދު ވިދާޅުވެފައިވަނީ، އެމަނިކުފާނު މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކާ ކަމަށާއި، އެ ޕްލޭންތައް މިހާތަނަށްވެސް ދެމެހެއްޓި، ރާއްޖޭގެ އިގްތިސާދާއި އަދި ޑިމޮކްރަސީ ކުރިއަރަމުންދާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމުގައެވެ.

ރައީސް ވަހީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށާއި، ރަައްޔިތުންގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަން ބޭނުފުޅުވަނީ، ހަމަޖެހުމާއި، އިޚްލާސްތެރިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ކަމުގައެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެމަނިކުފާނު ހިތުގެ ލޯބި އޮންނާނެ ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމުގެ ކުރިއެރުމާއި، މިނިވިންކަން ދެމެހެއްޓުމަށާއި، އިގްތިސާދީ އިޖުތިމާއީ ކުރިއެރުމަށް ކަމުގައެވެ.

ރައީސް ވަހީދުއަކީ އިންތިޚާބީ ރައީސެއް ނޫނެވެ. އެމަނިކުފާނު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ނަޝީދުގެ ނާއިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ނަޝީދުގެ ވެރިކަން ވެއްޓިގެން ދިއުމަށްފަހުއެވެ. އެއަށްފަހު 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް، ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ އެންމެ %5 ވޯޓެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ އެބުރު ސުޕްރިމް ކޯޓުން ބާތިލް ކުރުމާއެކު ޖެހިގެން އައި ބުރުގައި ރައީސް ވަހީދު ވާދަ ކުރައްވާފައެއް ނުވެއެވެ.

އެއަށްފަހު ރައީސް ވަހީދުގެ އަމިއްލަފުޅު ފާޓީ އުވާލެއްވުމަށްފަހު ދެން ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ވަހީދަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ %70 މީހުންނަކީ ބިދޭސީން

ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ...

ބޮޑުވަޒީރު ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީގޮތުން ...

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މިރޭ އިރުއޮއްސި 6:24ގައި ނިޔާވީ ޢުމުރުން ...