ޔާމީން އަތުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން ދައުލަތުން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މަނީ ލޯންޑްރިން ހިންގުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެ ފައިސާ ދައްކަން ހުކުމުގައި ދިން މުއްދަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ މުއްދަތު ހަމަވެފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައިނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. 

އެ ފައިސާ ނުދައްކަވާ އޮތުމުން އެއީ ވެސް ޔާމީންގެ މައްޗަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވި ސަބަބެކެވެ. 

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި ހުރިއްޔާ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮކްޑައުން ނެތް ރަށްރަށުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ނަމާދު ކުރެވޭގޮތައް ހަމަޖައްސަވައިފި

މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ. މިހާރު ކުރިޔަށްދާ ...

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް “ފީފާ ވޯލްޑް ކަޕް” މި ފަހަރު ބަލަންވީ މީޑިއާނެޓުން

އަންނަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ “ފީފާ ...

މަދަނީ އިއްތިހާދުގެ ރައީސް ޝައިޚް މުޙައްމަދު ދީދީ ޕީޕީއެމާއި ގުޅިވަޑައިގެންފި

މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުޙައްމަދު ދީދީ ވެރިކަންކުރާ ޕާޓީ ...