އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅެއް- މާރިޔާ

advertisement

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅަކާއި، ސޯޝަލްމީޑިއާގެ ބޮޓުންތަކެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ  މިހެން ވިދާޅުވީ އިންޑިއާގެ އެޒިމަލާގައި ހުންނަ އޭޝިއާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.  

މާރިޔާ އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނުގެ ފަހަތުގައި ތިބީ ކޮރަޕްޓްވެފައި ތިބި ބައެއް ކަމަށާ އެމީހުންގެ މަގުސަދަކީ އެއްވެސް ހަޤީގަތެއް ނެތް ބޭކާރު ވާހަކަ ފެތުރުމާއި، ނަފްރަތާއި ރުޅިވެރިކަން އުފެއްދުންކަމަށެވެ. އަދި އެމީހުންނަކީ  ޑިމޮކްރަސީއާއި، ގާނޫނާއި ގަވާއިދުތަކާއި ދެކޮޅު އަދި ރަނގަޅު ވެރިކަމެއް ކުރާތަން ދެކެން އުނދަގޫވާ ބައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ ކޮރަޕްޓްވެފައި ތިބި ބައެއްކަމަށާއި، އެމީހުންނަށް ކޮރަޕްޝަން ނެތް މުޖުތަމައުއެއް ދެކެން އުނދަގޫވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެމީހުން ފަތުރަމުންދާ ޕްރޮޕެގެންޑާގެ ސަބަބުން އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސް މިރޭ ހުޅުމީދޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް  އަޙްމަދު ސަމީރު ބިން އިބްރާހިމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމީދޫ ގައި ...

އައްޑޫ ސިޓީ ކައުންސިލް: ޑެޕިއުޓީ މޭޔަރަކަށް މެދުވަލު ދާއިރާގެ މެމްބަރު ޝުއާއު އައްޔަންކޮށްފި

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރުގެ ...

މިދައުރުގެ ތެރޭގައި ހަނިމާދޫ އިން ދެވަނަ ފަހަރަށް ގޯތި ދޫކުރަނީ

ހދ ހަނިމާދޫ 200 ބަންޑާރަގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. މިއީ ކައުންސިލްގެ މިދައުރުގައި އެރަށުން ބަންޑާރަގޯތި ...