ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު މިއަދު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން، މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި އެ މަނިކުފާނަށް ކާމިޔާބީއަށް އެދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ

ފައްޔާޒް މިހެން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގެ މަގަމުން އިސްތިއުފާ ދެއްވައި ޓްވިޓާގައި އާންމު ކުރި ސިޓީ އަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަތުލިޔުމުން ލިޔުއްވާފައިވާ ސިޓީއެއް ރައީސް ނަޝީދު ޓްވީޓާގައި ވަނީ އާންމު ކޮށްފައެވެ. އެސިޓީގައި އެމަނިކުފާނު ވިދާޅުވީ، ގައުމުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޕާޓީ އިން ވަކިވިކަމަ ރައީސް ނަޝީދު ވަނީ އިހްތިރާމާ އެކު ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދަކީ ވަރަށް ހިތާމަ ވެރި ދުވަހެއް ކަމަށާއ،ި ނަމަވެސް އެމްޑީޕީ އާއި އޭނާގެ އަމިއްލަ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް އެ ޕާޓީތައް ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމުގެ މަގު ކޮށިގެންގޮސްފައިވާ ކަމަށާއި، ނަޝީދުގެ ލީޑަޝިޕްގައި އެމްޑީޕީން ހޯދި ކާމިޔާބީތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައި މިވަނީ އެމްޑީޕީން އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އީސީގެ ކުރީގެ ނާއިބު ރައީސް ފަޔާޒު މަޖިލިހަށް ކުރިމަތިލައްވަނީ

Advertisement އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ފަޔާޒު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ...

ކޮވިޑް 19 އަށް އައްޑޫސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްުއަތޮޅުން މިރޭ ...

އެގްރޯނެޓުން 163 ދަނޑުވެރިއެއްގެ އުފެއްދުން ދަނީ މާކެޓްކުރަމުން: ރައީސް

“އެގްރޯނެޓް” ކުންފުނިން 163 ދަނޑުވެރިއެއްގެ އުފެއްދުން މާކެޓްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ...