ޗެމްޕިއަންސް ލީގު: ޗެމްޕިއަން ރެއާލް  ބަލިކޮށް މެންޗެސްޓަރ ސިޓީ ފައިނަލަށް

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި  ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ މެންޗެސްޓާ ސިޓީ ހޯދައިފިއެވެ.

މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗު ފާއިތުވި ހަފްތާގައި ރެއާލުގެ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މިހަފްތާގައި ކުޅެވުނު ދެވަނަ ލެގު ސިޓީގެ ދަނޑުގައި ކުޅެފައިވާއިރު، ދެވަނަ ލެގުގެ މެޗުގައި ސިޓީން ވަނީ 4-0 ގެ ނަތީޖާއިން ރެއާލް ބަލިކޮށް 5-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

މިއީ ފާއިތުވި ތިން ސީޒަންގެ ތެރޭ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރު ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އެފަހަރު ސިޓީ ފައިނަލުގައި ބަލިވީ ޗެލްސީ އަތުންނެވެ. މިދިޔަ އަހަރު މުބާރާތުގެ ސެމީ ފައިނަލުގައި ވެސް ރެއާލާއި ސިޓީ ބައްދަލުކުރަން ޖެހުނުއިރު، މެޗުގެ އިތުރު ވަގުތު ރެއާލުން ޖެހި ލަނޑުތަކުން މޮޅުވެ ސިޓީ ކަޓުވާލައި އެ އަހަރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރެއާލެވެ. ރެއާލުން ވަނީ މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާއިރު، ފައިނަލް މެޗުގައި އަންނަ މަހު 10 ވަނަ ދުވަހުގެ ރޭ ސިޓީ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ ތުރުކީގެ އިސްތަންބޫލުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހަތުންއަރާ ގައުމު ޖޫނިއާސްގެ މައްޗަށް ޓޫބްރަދާސް ކާމިޔާބު ހޯފައިފި

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ފަހުހާފްގައި  ޖެހި ލަނޑުތަކުން  ފަހަތުން އަރާ ގައުމު ޖޫނިއާސް ބަލިކޮށް ޓޫބްރަދާސްއިން މެޗް ކާމިޔާބުކޮށްފިއެވެ. ...

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...