ފެނަކައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ފެނަކައިން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ކުންފުނިތައް ބަނގުރޫޓުވާ ޙާލަތަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ފެނަކައިން ދަރާފައިވާ ޢަދަދު 2.8 ބިލިއަނަށް އަރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިމުމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބުމުން، އެފައިސާ ހޯދަން ފެނަކަ ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފުގެ ކުއްލި މައްސަލައިގައި ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވާންޖެހުނު ސަބަބު ބެލުމަށް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މިކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: މީދޫގެ މަގުހެދުމުގެ މަސައްކަތް

މީދޫގެ މަގުހެދުމުގެ މަސައްކަތުގެ ސްޕީޑު މިދުވަސްކޮޅު ހަލުއިކޮށް ކުރިޔަށް އެބައެއެވެ. އެގޮތުން ގިނަ މަގުތަކެއްގައި ކާނުހެދުމުގެ މަސައްކަތް އަންނަނީ ...

ހުޅުމީދޫއާއި ފޭދުއާއި ދެމެދު ހަފްތާއަކު ދެދުވަހު ފެރީ ދަތުރުތައް ބާއްވަނީ

އައްޑުއަތޮޅުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކާއެކު، ހުޅުމީދޫއާއި ފޭދުއާއި ދެމެދު އެސްޓީއެލްއިން ބާއްވަމުން އައިސްފައިވާ ދަތުރުތައް އެޕްރީލް ...

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޢުދުވެވަޑައިގެންފިއެވެ. “ޖަޒީރާ ރައީސް” ...