އައްޑޫ މަގުތައް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަން އިއުލާންކޮށްފި

އައްޑޫގެ މަގުތަކާއި ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާ ކުންފުނި ވިއްކާލަން ނިންމައިފި އެވެ.

އެފްކޮންސްގެ މައި ކުންފުނި ޝަޕޫރްޖީ ޕަލޯންޖީން ގުރޫޕާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްކޮންސް ހިމެނޭ ގޮތަށް ބައެއް ވިޔަފާރިތައް ވިއްކާލަނީ 2.5 ބިލިއަން ޑޮލަރަށެވެ. މި ވިޔަފާރިތައް ވިއްކާލަން ނިންމީ ޝަޕޫރްޖީ ޕަލޯންޖީ ގްރޫޕުގެ ދަރަނިތައް ކުޑަކުރުމަށް ކަމަށް ވެސް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ

ބިލިއަނަރު ޝަޕޫރު މިސްޓްރީ ކޮންޓްރޯލްކުރާ އެ ކުންފުނިން އައިސީސީ ބޭންކު އަތުން 2000 ވަނަ އަހަރު ގަތް އެފްކޮންސް ކުންފުނީގެ އިތުރުން، ގޯޕާލްޕޫރު ޕޯޓްސް ކުންފުންޏާއި ބައެއް ރިއަލް އެސްޓޭޓް ވިޔަފާރިތައް ވެސް ވިއްކާލަން ވަނީ ނިންމާފަ އެވެ.

އެ ކުންފުނިތައް ގަންނަން ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް، އެފަދަ ކަންކަން ފަހިކޮށްދޭ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

1865 ވަނަ އަހަރު އުފެދުނު އެސްޕީ ގްރޫޕުން އޭޝިއާ އެފްރިކާ އަދި މެދުއިރުމަތީގެ 25 އަށް ވުރެ ގިނަ ގައުމުގައި އަންނަނީ މަޝްރޫއުތައް ހިންގަމުންނެވެ.

އެފްކޮންސްއަކީ މެރިން އިންފްރާސްޓްރަކްޗާ އާއި ޓަނަލްތަކާއި ބްރިޖްތަކާއި މަގުތައް ހިމެނޭ ގޮތަށް އިންޖިނިއަރިން އާއި ކޮންސްޓްރަކްޝަން އަށް ހާއްސަ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެ އެވެ. އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ 25 އަށް ވުރެ ގިނަ ގައުމުގައި ޕްރޮޖެކްޓްތައް ހިންގަ އެވެ.

އެގޮތުން ރާއްޖޭގައި ވެސް އެފްކޮންސްއިން އަންނަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތާއި އައްޑޫ މަގު ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 09 ސެޕްޓެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

މީދޫ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކް ސާފްކޮށްފި

ނަލަފެހިން މީދޫގައި ތައްޔާރު ކުރަމުންދާ ޕާކް ސާފުކުރުމުގެ އިވެންޓެއް ބާއްވައިފިއެވެ. މިއަދު ހެންދުނު ބޭއްވި މި އިވެންޓުގައި ނަލަފެހި ...

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ދަނީ ހޯދަމުން- މަބުރޫކު

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ...